ފަސީހް އިމިގްރޭޝަން ކޮންޓްރޯލާކަމަށް އައްޔަނުކުރެއްވީ، އެ މަގާމުގައި ހުންނެވި މުހައްމަދު ޝަމްއާން ވަހީދު ކުއްލި ގޮތަކަށް ރޭގެ ވަގުތެއްގައި ވަކި ކުރެއްވުމަށްފަހު އެވެ.
ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަގާމަށް، ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހް، ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ އައްޔަނުކުރައްވައިފި އެވެ.
ސްޓޭޓް މިނިސްޓަރު ފެންވަރުގައި އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމަށް އައްޔަނުކުރެއްވި ފަސީހް، 20 އަހަރަށް ވުރެ ގިނަ ދުވަހު ފުލުހުންގެ ހިދުމަތުގައި ހުންނެވުމަށްފަހު ރިޓަޔާ ކުރެއްވީ 2012 ވަނަ އަހަރު އެވެ.
ފަސީހް އިމިގްރޭޝަން ކޮންޓްރޯލާކަމަށް އައްޔަނުކުރެއްވީ، އެ މަގާމުގައި ހުންނެވި މުހައްމަދު ޝަމްއާން ވަހީދު ކުއްލި ގޮތަކަށް ރޭގެ ވަގުތެއްގައި ވަކި ކުރެއްވުމަށްފަހު އެވެ.
ޝަމްއާން މަގާމުން ވަކިކޮށްފައިވާއިރު، އިމިގްރޭޝަން އޮފިސަރުންތަކެއް ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖައިޒު މަންފާ ހޯދާ މައްސަލައެއް ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވަނިކޮށެވެ. ނަމަވެސް، އެކަމުގައި ޝަމްއާނަށް ސީދާ ތުހުމަތުކުރެވޭ ކަމެއް އަދި ނޭނގެ އެވެ.އިމިގްރޭޝަންގައި 14 އަހަރެއްހާ ދުވަހު މަސައްކަތް ކުރެއްވި ޝަމްއާނަށް ކޮންޓްރޯލާ ކެނެޖަލްގެ މަގާމު ހަވާލުކުރެއްވީ ނޮވެމްބަރު 19، 2023 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެ މަގާމު ހަވާލު ކުރެއްވިއިރު އޭނާ ހުންނެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އިމިގްރޭޝަންގެ ވަޒީފާއިން ވަކިކުރައްވާފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމަށް ކުރީގެ ސީޕީ ފަސީހް އައްޔަނުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ