އުރީދޫ މެދުވެރިކޮށް މިރޭ 12:00 ޖަހަންދެން ތައިލެންޑަށް ހިލޭ ގުޅޭނެ އުރީދޫ މެދުވެރިކޮށް މިރޭ 12:00 ޖަހަންދެން ތައިލެންޑަށް ހިލޭ ގުޅޭނެ

ސެންޓްރަލް މިޔަންމާއަށް މިއަދު 7.7 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމުގެ އަސަރު ގިނަ އަދަދެއްގެ ދިވެހިން އުޅޭ ތައިލެންޑަށް ވެސް ކޮށްފައިވާތީ އެ ގައުމަށް މިރޭ 12:00 ޖަހަންދެން އުރީދޫ ކަސްޓަމަރުންނަށް ހިލޭ ގުޅޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.
އުރީދޫ އިން ބުނީ މިރޭ 12:00 ޖަހަންދެން އެ ކުންފުނީގެ ކަސްޓަމަރުންނަށް ތައިލެންޑުގައި ތިބި އާއިލާ އާއި ރައްޓެހިންގެ ހާލު ބަލަން ފަސޭހަވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
"މިއަދު ތައިލޭންޑް އަށް އައި ބިން ހެލުމާއި ގުޅިގެން އުރީދޫ މެދުވެރިކޮށް ތައިލޭންޑަށް ގުޅުން މިރޭ މެންދަމު 12 ޖެހުމާއި ހަމައަށް އެއްވެސް އަގެއް ނުނެގުމަށް ވަނީ ހަމަ ޖެހިފައި. މިވަގުތުގައި އާއިލާއި ރައްޓެހިންގެ ހާލު ބެލުމަށް ފަސޭހަވެގެން ދާނެކަމަށް އުއްމީދުކުރަން،" އުރީދޫ އިން ބުންޏެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނާ ގޮތުގައި ބިން ހެލުން އައީ ބިންގަނޑުގެ 10 ކިލޯމީޓަރު އަޑިއަށެވެ. ބިންހެލުން އައީ މިޔަންމާގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ މަންޑަލޭގެ 17 ކިލޯމީޓަރު ބޭރަށެވެ.
ބިންހެލުމާއި ގުޅިގެން ތައިލެންޑުގެ އިތުރުން މިޔަންމާގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ.
މިޔަންމާގެ ބޯޑަރުގައި އޮންނަ ޗައިނާގެ ޔުނާން ޕްރޮވިންސަށް ވެސް ބިންހެލުމުގެ އަސަރުކޮށްފައިވާ ކަމަށް އެ ގައުމުގެ ޓީވީތަކުން ރިޕޯޓުކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ