ގއ. މާމެންދޫގެ އިހްތިސާސްގައި އެ އަތޮޅު ހުޅިމެންދޫ ހިމެނުއްވުމަށް ރައީސް މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ވީ ކިހިނެއް؟ - އެ މަނިކުފާނު މިގޮތަށް ނިންމަވާފައިވަނީ ރާއްޖޭގެ އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހްތިސާސް ކަނޑައެޅުމަށް ރައީސްއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުން މިދިޔަ ހޮނިހިރު ދުވަހު ނެރުއްވި ގަރާރެއްގަ އެވެ.
ތަފްސީލް - ހުޅިމެންދޫއަކީ މާމެންދޫއާ އެއް ފަޅެއްގައި އޮންނަ ގާތްގަނޑަކަށް 5.40 ހެކްޓަރުގެ ރަށެކެވެ. މިރަށް އެރަށުގެ އިހުތިސާސް އިން އުނިކޮށްފައިވަނީ 2018 ވަނަ އަހަރު އެވެ. މާމެންދޫގެ އިހުތިސާސްއިން އުނިކޮށް ފަތުރުވެރިކަމުގެ ބޭނުމަށް އޭރު އެ ރަށް ދޫކޮށްފައި އޮތަސް އެ މަސައްކަތް ކުރިއަކަށް ނުދެ އެވެ.
މާމެންދޫގެ އިހްތިސާސްގައި ހުޅިމެންދޫ ހިމަނައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ