މޫސުން ގޯސްވެ ބައެއް ސަރަހައްދުތަކަށް އޮރެންޖް އިންޒާރު

ބ. އަތޮޅުން ފެށިގެން ދ. އަތޮޅު ހިމެނޭ ސަރަހައްދުތަކަށް މޫސުން އިތުރަށް ގޯސްވެ، އޮރެންޖު އިންޒާރު ނެރެފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން މި ސަރަހައްދުތަކަށް އޮރެންޖު އިންޒާރު ނެރެފައި ވަނީ  މިރޭ 21:45 އިން މެންދަމު 2:00 އަށެވެ.
މި ސަމާލުގެ ވަގުތުގައި ގުގުރައި، ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހި ފެން ބޮޑުވާނެކަމަށް މެޓު އޮފީހުން ވަނީ ލަފާކޮށްފައެވެ.
މި ދުވަސް ވަރަކީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވަރަށް މޫސުން ގޯސް ދުވަސް ވަރެކެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ