ސުޕްރީމް ކޯޓަށް ކުރިމަތިލެއްވީ ނިހާޔަތު އެކަނި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވާލި މުއްދަތުގައި ކުރިމަތިލެއްވީ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަ ޖެނެރަލް މަރިޔަމް ނިހާޔަތު އެކަނިކަން އެނގިއްޖެ އެވެ.ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުން ތިއްބަވާ ބެންޗުން އެއް ބޭފުޅަކު މަދުވީ ޖުޑީޝަރީއަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެ މި މަހުގެ 4 ވަނަ ދުވަހު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމުންނެވެ.ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް މިއަދުގެ ހެނދުނު 11:00 އާ ހަމައަށް ހުޅުވާލި ފުރުސަތުގައި އެ މަގާމަށް ކުރިމަތިލައްވާފައިވަނީ ނިހާޔަތު އެކަންޏެވެ.ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި ނިހާޔަތު އެކަނި ކުރިމަތިލެއްވިއިރު، ރައީސް މުހައްމަދު މުއިއްޒަށް ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަން ޖޭއެސްސީއަށް ފޮނުއްވާނެ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ. ނަމަވެސް އޭގެ ތަފުސީލެއް އަދި ނުލިބެ އެވެ.ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން ސުއޫދު އިސްތިއުފާ ދެއްވީ، ސުއޫދުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު ސަސްޕެންޑްކޮށްފައި ވަނިކޮށެވެ.ނިހާޔަތު ވަނީ ސިވިލް ކޯޓުގެ ގާޒީކަން ވެސް ކުރައްވައިފަ އެވެ. އޭގެ ފަހުން އޭނާ ވަނީ ޑެޕިއުޓީ ޕީޖީ ކަން ކުރައްވައިފަ އެވެ.ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ އެސިސްޓަންޓް ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމުވެސް ފުރުއްވި ނިހާޔަތު ޑެޕިއުޓީ ޕްރޮސެކުއުޓާ ޖެނެރަލް އަކަށް އައްޔަން ކުރެއްވީ 2016 ވަނަ އަހަރު ތެރޭގަ އެވެ.ނިހާޔަތު ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ޕީޖީގެ މަގާމަށާއި ހައިކޯޓުގެ ފަނޑިޔާރު ކަމަށް ވެސް ކުރިމަތިލައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ