އުފަންވެލި ޝޮޕްތަކުން ރަމަޟާން މަހަށް ޚާއްޞަ އެހީތެރިކަމެއް ފޯރުކޮށްދޭން ލުނބޯ ކިލޯއެއް 30 ރުފިޔާއަށް ވިއްކަން ފަށައިފި

އުފަންވެލި ޝޮޕްތަކުން ކަސްޓަމަރުންނަށް ރަމަޟާން މަހަށް ޚާއްޞަ އެހީތެރިކަމެއް ފޯރުކޮށްދިނުމަށްޓަކައި ލުނބޯ ކިލޯއެއް 30 ރުފިޔާއަށް ވިއްކަން ފަށައިފިއެވެ. 
މީގެ އިތުރުން ފިޔާވެސް ވަނީ ވަރަށް ބޮޑުތަނުން އަގުހެޔޮކޮށްފައެވެ. 
އިންޑއާ ފިޔާ ކިލޯއެއް ވިއްކަނީ 13 ރުފިޔާއަށް އަދި 26 ކިލޯގެ ބަސްތާއެއް  335 ރުފިޔާއަށެވެ.  
ޕާކިސްތާނު ފިޔާ ކިލޯއެއް ވިއްކަނީ 8 ރުފިޔާއަށް އަދި 15 ކިލޯގެ ބަސްތާއެއް  70 ރުފިޔާއަށެވެ.  
ޗިކަން ޑްރަމްސްޓިކް (ފައި) ކިކޯލޯއެއް 54 ރުފިޔާއަށް އަދި 12 ކިލޯގެ ކޭހެއް 561 ރުފިޔާއަށެވެ. 
އުފަންވެލި ޝޮޕްތައް ހިންގާ މަޑިހާކޮމްޕެނީން މިނޫން މީގެ އިތުރުންވެސް ވަރަށް ގިނަ ބާވަތްތަކުގެ ތަރުކާރީ އާއި މޭވާގެ އިތުރުން އެހެން ގިނަބާވަތްތައްވެސް ހެޔޮ އަގުގައި ވިއްކަމުން ގެންދާ ކަމަށާއި ޕްރަމޯޝަން ކުރިއަށް ގެންދާނީ މިއަދުން ފެށިގެން ސްޓޮކް ހުސްވަންދެން ނުވަތަ މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ