މިނިސްޓަރު އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މާދަމާ އަށް އެޖެންޑާކޮށްފި

ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މަގާމުން ވަކި ކުރަން އިދިކޮޅު އެމްޑީޕީން އިސްވެ ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ތާވަލުކޮށްފި އެވެ. އިދިކޮޅު އެމްޑީޕީގެ 12 މެމްބަރުންގެ ސޮޔާ އެކު ހުށަހެޅި އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ބުނީ އޭނާ މަގާމާ ހަވާލުވެވަޑައިގެންނެވިތާ އެއް އަހަރާއި ދެ މަސް ދުވަހުގެ ތެރޭގައި މިނިސްޓަރަކު ކޮށްގެން ނުވާނެ އެތައް ކަމެއް ގާނޫނު އަސާސީއާ ހިލާފަށް ކުރައްވާފައިވާ ކަމަށެވެ. އޭގެ މައިގަނޑު ކަމަކަށް ފާހަގަކޮށްފައި އޮތީ ޑީއެންއާރު ޑޭޓާތައް ބޭނުންކޮށްގެން ޕީއެންސީ އަށް މީހުން ވެއްދުމުގެ ތުހުމަތެވެ.އެ މައްސަލާގައި ޖަވާބު ދާރީވާން، އިހުސާނަށް އެއް ގަޑިއިރުގެ ވަގުތު ދިނުމަށް މަޖިލީހުގެ އާންމު ކޮމިޓީން ވަނީ ނިންމައިފަ އެވެ. އިތުބާރު ނެތް ކަމުގެ މައްސަލައެއްގެ ޖުމްލަ ވަގުތަކީ ދެ ގަޑިއިރެވެ.މަޖިލީހުގެ ޖަލްސާ މާދަމާ ހެނދުނު 9:00 ގައި ފަށާއިރު، އިހުސާނުގެ މައްސަލަ އޮތީ އެޖެންޑާގެ ފުރަތަމަ އައިޓަމްގެ ގޮތުގަ އެވެ.މަޖިލީހުގައި ޕީއެންސީގެ ސާފު މެޖޯރިޓީ އޮތް އިރު، މި މައްސަލަ އެމްޑީޕީއަށް ކާމިޔާބުވުން ނާދިރެވެ.މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގެ މެމްބަރަކާ ދެކޮޅަށް ހުށަހެޅުނު އިތުބާރު ނެތް ކަމުގެ ފުރަތަމަ މައްސަލަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ