މި ރަމަޟާންމަހުވެސް ކަރަންޓު ބިލުންނާއި ފެން ބިލުން ޑިސްކައުންޓް ލިބޭނެ: ރައީސް ތަކަންދުއާއި މާރަންދޫއަށް އާރްޓީއެލްގެ ދަތުރުތައް އަންގާރަ ދުވަހު ފަށަނީ ރޭސިން މުބާރާތަށް ފަރިތަކުރަނިކޮށް އެކްސިޑެންޓުވި ޒުވާނާއަށް ވެންޓިލޭޓަރުގައި ފަރުވާދެނީ ފުވައްމުލަކަށ

މިއަހަރުގެ ރަމަޟާންމަހު ވެސް ރައްޔިތުންނަށް އެއްވެސް ދަތިކަމެއްނެތި މުދާ ފޯރުވައިދިނުމަށް ތައްޔާރުވެފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއިން އެމްޕީއެލްއިން ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ރަމަޟާންމަހަށް އެމްޕީއެލްއިން ވަމުންއަންނަ ތައްޔާރީތަކާ ގުޅޭ މަޢުލޫމާތު ހިއްސާކުރެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެޑް އޮފް ޕޯޓް އޮޕަރޭޝަން އިލްޔާސް މުހައްމަދު ވިދާޅުވީ ރަމަޟާންމަހަށް ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށެވެ.
އެގޮތުން ރޯދަމަހަށް ޚާއްސަކޮށްގެން އެމްޕީއެލްއިން ޚާއްޞަ އިންތިޒާމުތަކެއް ހަމަޖައްސައިފައިވާ އިރު މި އިންތިޒާމުތަކުގެ ތެރޭގައި މުދާ ދޫކުރުމުގެ ވަގުތުތައް އިތުރުކުރުމާއި، މުވައްޒަފުން އިތުރުކުރުން އަދި ޖާގައިގެ ދަތިކަން ހައްލުކުރުމަށް އަޅާ ފިޔަވަޅުތައް ހިމެނޭ ކަމަށް އެމްޕޯއެލްއިން ވިދާޅުވިއެވެ.
ކޮންމެ ރަމަޟާންމަހަކުވެސް ގިނަ ޢަދަދެއްގެ މުދާ ރާއްޖެއަށް އެތެރެކުރަން ޖެހުމާއި ގުޅިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއަށް ބާރުބޮޑުވެއެވެ. އެހެންކަމުން ރަމަޟާންމަހަށް ޚާއްސަކޮށްގެން މުދާ ފަސޭހަކަމާއި ރައްކާތެރިކަމާއެކު ބެހެއްޓުމަށްޓަކައި ގިނަ ކަންތައްތަކެއް ކުރެވިފައިވާކަމަށް އިލްޔާސް ވިދާޅުވިއެވެ. އެގޮތުން މުދާ ބެހެއްޓުމަށްޓަކައި މާލެތެރޭގައި އިތުރު ޝެޑްތައް ޤާއިމްކޮށްފައިވާ ކަމަށް އިލްޔާސް ވިދާޅުވިއެވެ. އިލްޔާސް ވިދާޅުވީ އަވަހަށް ހަލާކުވާ ޒާތުގެ ގިނަ އަދަދެއްގެ ޖެނެރަލް ކާގޯ ގިނަ އަދަދަކަށް ގެނެވޭކަމަށެވެ. އެހެންކަމުން މިހާ ގިނަ އަދަދެއްގެ މުދަ މިހާރު ހުންނަ ގޯޑައުންގައި ބަހައްޓަން ދަތިވާތީ މިހާރު ދެބަޔަކަށް ބަހާލާފައިވާކަމަށެވެ.
އިލްޔާސް ވިދާޅުވި ގޮތުގައި، މާލޭ ޕޯޓަށް މިހާތަނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަމެވެ. ނަމަވެސް މިހާރު އެކަމަށް ވަރަށް ބޮޑު ލުޔެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ކުރިން 3,600 ކޮންޓެއިނަރު ޖެހުނު ތަނުގައި މިހާރު 5,000 އަށްވުރެ ގިނަ ކޮންޓެއިނަރު ޖެހޭ ގޮތަށް ޖާގަ ބޮޑުކުރެވިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ އާންމުކޮށް ރާއްޖެއަށް ގެންނަ މުދާ އަވަހަށް ކްލިއަރ ކުރެވޭނެ އިންތިޒާމުވެސް ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން އަވަހަށް ހަލާކުވާ ޒާތުގެ މުދާ ނުވަތަ ޕެރިޝަބަލް ކާގޯ މާލޭ ކޮމާޝަލް ހާބަރުން ކްލިއަރ ކުރެވޭ ގޮތް ހަދައި، އާންމު މުދާތައް ހުޅުމާލެ ޕޯޓުން ކްލިއަރ ކުރެވޭނެގޮތަށް ބަދަލުކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. މިއާއެކު އެމްޕީއެލްއާއި ކަސްޓަމްސްއިން މުދާ ކްލިއަރ ކުރާ ގަޑި އެއްގަޑިއަކަށް ބަދަލުކޮށް މަސައްކަތް އަވަސް ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށް އިލްޔާސް ވިދާޅުވެއެވެ.
މިއަހަރު ރަމަޟާން މަހު މާލެ ކޮމާޝަލް ހާބަރުން ކްލިއަރކުރާ ހުރިހާ ބާވަތެއްގެ މުދާވެސް ދޫކުރުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަސް ފިޔަވައި ޕޯޓް މަސައްކަތް ކުރާ ހުރިހާ ދުވަހެއްގެ ހެނދުނު 09:15 އިން 16:00 އަށް، އަދި ރޭގަނޑު 21:15 އިން 01:30 އާއި ހަމައަށެވެ. މިގަޑިތަކާއި އެއްގޮތަށް ހުޅުމާލެ ޓާރމިނަލުން ވެސް ޚިދުމަތް ދެމުން ގެންދާނެކަމަށް އެކުންފުނިން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ