ކާރެއް ކޮންޓްރޯލު ނުވެގެން ހިނގި އެކްސިޑެންޓެއްގައި ގިނަ ވެހިކަލްތަކަކަށް ގެއްލުން ވެއްޖެ ކާރެއް ކޮންޓްރޯލު ނުވެގެން ހިނގި އެކްސިޑެންޓެއްގައި ގިނަ ވެހިކަލްތަކަކަށް ގެއްލުން ވެއްޖެ

އަމީނީ މަގުން ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލެއް ނުވެގެން ހިނގި އެކްސިޑެންޓެއްގައި ވެހިކަލްތަކަކަށް ގެއްލުން ވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ ޓީމުން ބުނީ މި ހާދިސާ ހިނގީ މިއަދު ހެދުނު 7:50 ގައި އަމީނީ މަގު ގާކޮށި ކުރިމަތިން ކަމަށެވެ. އެ ވަގުތަކީ އެ ސަރަހައްދުގައި ހުންނަ އިމާދުއްދީން ސްކޫލަށް ދަރިވަރުން ދާ ވަގުތެވެ.
ކާރު ކޮންޓްރޯލް ނުވެގެން ގޮސް އެ ސަރަހައްދުގައި ޕާކު ކޮށްފައި ހުރި ހަ ސައިކަލަކާއި އިތުރު ކާރެއްގައި ޖެހި އެ ވެހިކަލްތަކަށް އަދި ކޮންޓްރޯލު ނުވި ކާރަށް ވެސް ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
މި ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުން ނަގާފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުން ސައިކަލުތަކުގައި ޖެހި ކޮންޓްރޯލް ނުވެގެން ގޮސް ކާރު ހުއްޓިފައި އޮތީ ޕޭމަންޓުގަ އެވެ. އެ ކާރަށް ބޮޑެތި ގެއްލުންތަކެއް ވެފައި ހުއްޓެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓުގެ މައްސަލަ އެ ހިދުމަތުން ތަހުގީގުކުރަމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ