ގިރާވަރުފަޅުން ޖޫން މަހު ގޯތިތައް ހަވާލުކުރާނަން: ރައީސް

ގިރާވަރުފަޅު ބިން ހިއްކުން އޭޕްރީލުގައި ނިންމާލައި ޖޫން މަހު ގޯތިތައް ހަވާލުކުރާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ގިރާވަރުފަޅުން ބިން ހިއްކުން މިހާރު ގޮސްފައިވާ ހިސާބު ދައްކުވައިދޭ ފޮޓޮއެއް ހިއްސާކުރައްވައިފައެވެ.އެ މަނިކުފާނު ވިދާޅުވީ، އެ ސަރަހައްދުގެ ބިން ހިއްކުމުގެ މަސައްކަތް ކޮންމެ ދުވަހަކުވެސް ކުރިއަށްގެންދާ ކަމަށެވެ."އިރާދަކުރެއްވިއްޔާ އޭޕްރިލް މަހު އެއްކޮށް ނިމި، ސާވޭކޮށް ނިންމައި، ޖޫން މަހު ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ފެށޭނެ،" ރައީސް ވިދާޅުވިއެވެ.ރައީސް މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ގިރާވަރުފަޅުން ގޯތި ދޫކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށީ ޖަނަވަރީ މަހުގެ 30 ވަނަ ދުވަހު އެވެ.މި ސަރަހައްދުގައި 169 ހެކްޓަރުގެ ބިން ހިއްކަން ހަމަޖެހިފައިވާއިރު އަދި މިހާތަނަށް އެތަނުން ހިއްކިފައި އޮތީ 56 ހެކްޓަރުގެ ބިމެވެ. އެހެންކަމުން އިތުރު 113 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ކުރަންޖެހޭނެ އެވެ. އަދި ކުރިއަށް އޮތް ތަނުގައި ހިއްކަންޖެހެނީ ފުން ސަރަހައްދުތަކެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ