އޭއައިގެ މުސްތަގުބަލާ ބެހޭގޮތުން މޯދީގެ އާ ތަޞައްވުރެއް
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ދުނިޔޭގެ މުސްތަގުބަލު ބައްޓަންކުރުމަށްޓަކައި އިންޑިއާއިން ގެންގުޅޭނެ މުޅިން އާ ޚާއްޞަ ތަޞައްވުރެއް ކަމަށްވާ 'މާނަވް' (MANAV) ވިޝަން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިޢުލާންކުރައްވައިފިއެވެ. ބޮޑުވަޒީރު މި ތަޞައްވުރު ހުށަހަޅުއްވާފައިވަނީ އިންޑިއާގެ ވެރި ރަށް ދިއްލީގެ ޕްރަގަތީ މައިދާނުގައި މިހާރު ކުރިއަށްދާ "އިންޑިއާ އޭއައި އިމްޕެކްޓް ސަމިޓް 2026" ގައެވެ. މި ސަމިޓްގެ ތެރެއިން ބޮޑުވަޒީރު މޯދީ ތަޤްރީރު ކުރައްވަމުން ގެންދެވިއިރު، އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން އެމަނިކުފާނުގެ ވާހަކަފުޅުތައް ވަގުތުން އިޝާރާތުގެ ބަހަށް (ސައިން ލެންގުއޭޖަށް) ތަރުޖަމާކޮށް، އެނިމޭޝަނެއްގެ ސިފައިގައި ބޮޑު ސްކްރީނުން ވަނީ ދައްކާލާފައެވެ. ބޮޑުވަޒީރު ހުށަހަޅުއްވި 'މާނަވް' ވިޝަނަކީ އޭއައި ކުރިއެރުވުމުގައި އިންޑިއާއިން އިސްކަންދޭނެ ފަސް އަސާސެއްގެ މައްޗަށް ބިނާވެފައިވާ ކަމެކެވެ. މީގެ ތެރޭގައި އަޚުލާގީ ނިޒާމުތަކާއި، ޖަވާބުދާރީވާނެ ފަދަ ހިންގުމުގެ ނިޒާމަކާއި، ޤައުމީ ސިޔާދަތާއި، ހުރިހާ އެންމެންނަށް ފަސޭހައިން ލިބޭނެ ނިޒާމެއްގެ އިތުރުން ޞައްޙަ އަދި ޤާނޫނީ ގޮތުން ބަލައިގަނެވޭނެ ފަދަ ނިޒާމެއް ހިމެނެއެވެ. މި ތަޞައްވުރާ ގުޅޭގޮތުން މޯދީ ވިދާޅުވީ، މިއީ 21 ވަނަ ޤަރުނުގެ އޭއައި އާ ގުޅިފައިވާ ދުނިޔޭގައި އިންސާނިއްޔަތަށް އެންމެ ފައިދާހުރި ގޮތުގައި ކުރިއަށް ދިއުމަށް އޮތް މުހިންމު މަގެއް ކަމަށެވެ. އޭއައި އާއި އިންސާނުންގެ ގުޅުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން މޯދީ ވިދާޅުވީ، އޭއައި އަށް މިނިވަންކަން ދޭންޖެހޭ ނަމަވެސް އޭގެ ފުރިހަމަ ކޮންޓްރޯލް އަބަދުވެސް އިންސާނުންގެ އަތުގައި ބަހައްޓަންޖެހޭނެ ކަމަށާއި، މިއީ އިންސާނުންގެ ގާބިލިއްޔަތު އެތައް ގުނައަކަށް އިތުރުކޮށްދޭނެ ވަސީލަތެއް ކަމަށެވެ. މީގެ އިތުރުން އާޓިފިޝަލް އިންޓެލިޖެންސަކީ އިންސާނީ ތަހުޒީބަށް އަންނަ ތާރީޚީ ބަދަލެއް ކަމަށާއި، މިއީ ޤައުމުތަކުގެ ކުރިއެރުމާއި މުސްތަގުބަލް ބައްޓަންކުރާނެ މުހިންމު ބާރެއް ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. #WATCH | Delhi | Live AI-enabled sign language interpretation of Prime Minister Narendra Modi's speech at the #IndiaAIImpactSummit2026 pic.twitter.com/SWujaMNrUR — ANI (@ANI) February 19, 2026 "> #WATCH | Delhi | Live AI-enabled sign language interpretation of Prime Minister Narendra Modi's speech at the #IndiaAIImpactSummit2026 pic.twitter.com/SWujaMNrUR — ANI (@ANI) February 19, 2026 މި ސަމިޓްގައި ފަރަންސޭސިވިލާތުގެ ރައީސް އެމަނުއެލް މެކްރޯން، ބްރެޒިލްގެ ރައީސް ލޫލާ ދާ ސިލްވާ، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ދިއްސަނާޔަކަ، ބޫޓާންގެ ބޮޑުވަޒީރު ޓްޝެރިން ޓޮބްގޭ އަދި އަބޫދާބީގެ ކްރައުން ޕްރިންސް ޝެއިޚް ޚާލިދު ބިން މުޙައްމަދު ބިން ޒައިދު އަލް ނަހްޔާން ހިމެނިވަޑައިގަންނަވާހެން ދުނިޔޭގެ ގިނަ ޤައުމުތަކެއްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ނެދަލެންޑްސް، ގްރީސް، ސްވިޒަލެންޑް، ފިންލެންޑް އަދި އެސްޓޯނިއާ ފަދަ ޤައުމުތަކުގެ އެންމެ އިސްވެރިން ވެސް މި ސަމިޓްގައި ބައިވެރިވެވަޑައިގެން، އޭއައި ގެ މުސްތަގުބަލާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ