ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި އަންހެނަކަށް އަނިޔާވެ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެނީ
ސިނަމާލެ ބްރިޖު ހައިވޭގައި މިރޭ ހިނގި އެކްސިޑެންޓެއްގައި އަންހެނަކަށް އަނިޔާވެ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުން ދާކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން މިރޭ ހިއްސާކުރި މެސެޖެއްގައި ވަނީ ހައިވޭގައި މާލެއިން ހުޅުމާލެއަށް ދަތުރުކުރި ދެ ސައިކަލެއް ޖެހި އެކްސިޑެންޓުވެފައިވާ މައްސަލަ މިރޭ ފުލުހުންނަށް ރިޕޯޓުކޮށްފައި ވާކަަމަށެވެ. އަދި މި އެކްސިޑެންޓުގައި އަންހެނަކަށް އަނިޔާވެ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި ނަމަވެސް އެ އަންހެން މީހާއަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ވަނީ މި މައްސަލަ ތަހުގީގު ކުރަމުން ދާކަމަށް ބުނެފައެވެ. ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި އެ މުއައްސަސާއަށް މި އަހަރު 1,325 މައްސަލަ ރިޕޯޓުކޮށްފައިވާއިރު އޭގެ ތެރޭގައި އެންމެ ގިނައީ އެކްސިޑެންޓުތަކެވެ. އެގޮތުން، 380 އެކްސިޑެންޓެއްގެ މައްސަލަ ފުލުހަށް ހުށަހަޅައިފައިވެއެވެ. މާލެއާއި ސިނަމާލެ ބުރިޖުގައި ހިނގައިފައިވާ ނުރައްކާތެރި އެކްސިޑެންޓުތަކުގައި މީހުންގެ ފުރާނަ ގެއްލިފައި ވެސް އެބަހުއްޓެވެ. އަދި އެހެން އެކްސިޑެންޓުތަކުގައި މީހުންނަށް، ދާއިމަށް ހުންނަ ފަދަ އަނިޔާތައް ލިބިފައި އެބަހުއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ