ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދަވަން ރައީސް ދޮރުންދޮރަށް ފައްޓަވައިފި

ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުވާ ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ހޯދައިދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު މާލޭގައި ދޮރުން ދޮރަށް ހިންގަވައިފި އެވެ.ޕީއެންސީގެ ލީޑަރުގެ ހައިސިއްޔަތުން ރައީސް މުއިއްޒު މިއަދު މެންދުރު ވަނީ މާފަންނު ހުޅަނގު ދާއިރާގެ ބައެއް ގެތަކަށް ޒިޔާރަތް ކުރައްވައި ގިނަ ބަޔަކާ ބައްދަލުކުރައްވާފައި ކަމަށް އެ ޕާޓީން ބުންޏެވެ. މި ހަރަކާތުގައި ބައެއް ވަޒީރުންނާއި، ޕީއެންސީގެ ބައެއް މަޖިލިސް މެންބަރުންނާއި، ޕީއެންސީގެ ޓިކެޓުގައި މާފަންނު ހުޅަނގު ދާއިރާއަށް މާލެ ސިޓީ ކައުންސިލަށް ވާދަކުރާ ކެންޑިޑޭޓާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް އެ ދާއިރާއިން ވާދަކުރާ ކެންޑިޑޭޓާއި، އަންހެނުންގެ ކޮމިޓީގެ ރައީސާ ކަމަށް ވާދަކުރާ ކެންޑިޑޭޓާއި މާލޭގެ މޭޔަރު ކަމަށް ވާދަކުރާ ކެންޑިޑޭޓުވެސް މި ހަރަކާތުގައި ބައިވެރިވި އެވެ.ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އޮންނާނީ މިއަހަރުގެ އެޕްރީލް 4 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ