ރޯދަ ހަދިޔާއަށް މިފަހަރު 86.6 މިލިއަން ރުފިޔާގެ މަސްކޭސް ބަހާނެ
އަންނަ ފެބްރުވަރީ މަހުގެ މެދުތެރޭ ފަށާ މިއަހަރުގެ ރަމަޟާން މަހު ރޯދަ ހަދިޔާގެ ގޮތުުގައި ޖުމްލަ 90 މިލިއަން ރުފިޔާގެ މަސްދަޅު ކޭސް ބަހާނެކަމަށް ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން މިއަދު ހާމަކޮށްފިއެވެ. މިފްކޯއިން 'ސަން'އަށް މިއަދު ބުނީ، ރޯދަ ހަދިޔާގެ ގޮތުގައި 118،000 މަސްދަޅު ކޭސް ބެހުމަށް ޓަކައި މަސް ކޭސްތައް ބަންދުކުރަމުން އަންނަ ކަމަށާއި، އެ މަސައްކަތް އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ. މިދިޔަ އަހަރު ރޯދަ ހަދިޔާގެ ގޮތުގައި ބެހީ، ޖުމްލަ 48 ދަޅު ހިމެނޭ ތެޔޮ މަސްދަޅު ކޭހެވެ. ބާޒާރުގައި މިފްކޯއިން މީގެ މަސްދަޅު ކޭހެއް ވިއްކަނީ 760 ރުފިޔާއަށެވެ. އެހެންކަމުން 118،000 މަސްދަޅު ކޭސް ނަމަ އެއީ ޖުމްލަ 89.6 މިލިއަން ރުފިޔާއެވެ. މީގެ ކުރިން މިފްކޯއިން ބުނެފައިވާ ގޮތުގައި، މަސްދަޅު ކޭސްތައް އުފެއްދުމުގެ މަސައްކަތް މިމަހުގެ މެދުތެރެއަށް ނިންމާލެވޭނެއެވެ. ސަރުކާރުން ވަނީ މިދިޔަ ރަމަޟާން މަހު މާލޭގެ ގޭބިސީތަކަށް 50،519 މަސްކޭހާއި ރަށްރަށުގެ ގޭބިސީތަކަށް 60،712 މަސްކޭސް ހަދިޔާކޮށްފައެވެ. https://sun.mv/214298 މިދިޔަ ނޮވެންބަރު މަހުގެ 12ވަނަ ދުވަހު 'ސަން'އިން ސުވާލުކުރުމުން ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިކަމުގެ މައުލޫމާތު ދެއްވި ނަމަވެސް މި ކަމަށް ޚަރަދުވާނެ ފައިސާގެ ތަފްސީލެއް ނުދެއްވައެވެ. މިދިޔަ ރަމަޟާން މަހު ސަރުކާރުން ވަނީ ކޮންމެ ގޭބިސީއަކަށް ކޭހެއް ދޭ އުސޫލުން މަސްދަޅު ކޭސް ބަހައިފައެވެ. ފިނޭންސް މިނިސްޓްރީން ބުނީ އެ މަސްދަޅުކޭސްތައް އުފެއްދުމާއި ބެހުމުގެ މަސައްކަތަށް 81 މިލިއަން ރުފިޔާ ޚަރަދުވި ކަމަށެވެ. ދިވެހި ކޮންމެ ރައްޔިތަކަށް ރޯޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ކޭސް ދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ ސަރުކާރަށް އަހަރެއް ފުރުން ފާހަގަކުރުމަށް 2024ވަނަ އަހަރުގެ ނޮވެންބަރު މަހު ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މަސް ދަޅަކީ ވަކިން ޚާއްސަކޮށް ރޯދަމަހު ބޭނުންކުރާ އަގުބޮޑު އެއްޗެއްކަން ފާހަގަކުރައްވާ ރައީސް މީގެކުރިން ވިދާޅުވީ، 48 ދަޅުގެ ކޭހެއް ކޮންމެ ގެއަކަށް ހަދިޔާކުރި ކަމަށެވެ. އެކަން ހަމަޖެހިގެން ވަރަށް ރަނގަޅަށް ކުރިއަށްދިޔަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. މަސްދަޅު ކޭސް ދިނުމުގެ އިތުރުން މިދިޔަ ރަމަޟާން މަހު ސަރުކާރުން ވަނީ ކަރަންޓާއި ފެން ބިލުތަކުން ރައްޔިތުންނަށް ޑިސްކައުންޓެއް ދީ، 82،000 ގޭބިސީއަކަށް 1.6 މިލިއަން ކިލޯގެ ކާޑުގެ ބާވަތްތައް ރަމަޟާން މަހާ ދިމާކޮށް ހިލޭ ފޯރުކޮށްދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ