ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްޞަކޮށްގެން ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ފޯމު ހުށަހެޅުމުގެ ފުރުސަތު ކުރިއަށް އޮތް މަހު ހުޅުވާލުމަށް ވަނީ ނިންމާފައެވެ.
ހައުސިން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މި ސަރުކާރުގެ އާއިލީ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކަނޑައަޅާފައިވާ ކެޓަގަރީން ފްލެޓަށް އެދި ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅޭނީ އަންނަ މަހުގެ ފުރަތަމަ ދުވަހުގެ ހެނދުނު 11:00 އިން ފެށިގެންނެވެ. ކުރިން މި ފުރުސަތު މާދަމާ ހުޅުވާލުމަށް ހަމަޖެހިފައި އޮތް ނަމަވެސް، މިހާރު ވަނީ އެ ތާރީޚު ފަސްކޮށްފައެވެ.
މީގެ ކުރިން އާންމުކުރި އުސޫލުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަކި ބައެއް ހާއްސަކޮށްފައި އޮތް ނަމަވެސް، އޭރު އޮތް ގޮތުން އެ ފަރާތްތަކުން ޖެހެނީ ހަމައެކަނި އެކަން އެނގޭނެ ފާހަގައެއް ޖަހާލާށެވެ. ނަމަވެސް، މިދިޔަ މަހު މިނިސްޓްރީން އުސޫލަށް ގެނައި ބަދަލުތަކާއެކު، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޯހިޔާވަހިކަމަށް ޝަރުތު ހަމަވާ މުއްދަތު ވަނީ ލުއިކޮށްދީފައެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުން ބޯހިޔާވަހިކަމަށް ވަކިން ފޯމު ހުށަހެޅޭނީ އަންނަ މަހު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ