ގދ.ތިނަދޫ މަގުތައް ތަރައްޤީކުރުމުގެ ތިންވަނަ ފިޔަވަހި ފަށައިފި

ގދ.ތިނަދޫ މަގުތައް ތަރައްޤީކުރުމުގެ ތިންވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
މިކަމަށްޓަކައި މިއަދު ތިނަދޫގައި ބޭއްވި ރަސްމިއްޔާތުގައި މަސައްކަތް ފައްޓަވައިދެއްވީ ހައުސިން މިނިސްޓަރު ޑރ.ޢަބްދުﷲ މުއްތަލިބެވެ. މަސައްކަތް ފެށުމުގައި ތިނަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އަލްސަން އަހްމަދު، ތިނަދޫ އުތުރު ދާއިރާގެ މަޖިލިސް މެންބަރު ސައުދުﷲ ހިލްމީ އާއި މި ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޡީމް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ގދ. ތިނަދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތުގެ ކޮންޓްރެކްޓަރަކީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރު.ޑީ.ސީ) އެވެ. މި މަސައްކަތް އާރުޑިސީއާ ހަވާލުކޮށްފައިވަނީ، މިއަހަރުގެ ފެބުރުއަރީމަހުގެ 25 ވަނަ ދުވަހެވެ.
ތިނަދޫ މަގުތައް ހެދުމަށް ކުރިއަށްގެންދާ ތިންވަނަ ފިޔަވަހީގެ ދަށުން 19.3 ކިލޯ މީޓަރުގެ މަގުގައި ތާރު އެޅުމާއި (50 މަގު)، ފެން ހިންދާ ނިޒާމް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ރޯޑް މާރކިން އަދި ސައިން ބޯޑް ހަރުކުރުމުގެ އިތުރުން ދުވާރުތައް ހެދުމުގެ މަސައްކަތް ކުރާނެއެވެ.
މި މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައިވަނީ 341,872,868.17 ރުފިޔާގެ އަގަކަށެވެ. ހައުސިން މިނިސްޓްރީން ބުނެފައިވަނީ، މި މަސައްކަތް 1440 ދުވަހުގެ ތެރޭގައި ނިންމަންޖެހޭނޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ