ހައިވޭ އިން ދުއްވާފައިދިޔަ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޕިކަޕެއް ފުރޮޅާލައިފި އެވެ.
ފުލުހުންގެ މީޑިއާ އިން ދެންމެ ބުނީ، އެ ޕިކަޕު ފުރޮޅާލީ ހުޅުމާލެ އިން އެއާޕޯޓަށް ހައިވޭގައި ދުއްވާފައި ދަނިކޮށް މަގުގެ އެއްފަރާތުގައި ހުންނަ ފެންސްގައި ޖެހިފައި ކަމަށެވެ.
އެ އެކްސިޑެންޓުގައި ޕިކަޕުގައި ތިބި ދެ މީހަކަށް އަނިޔާވެގެން ފަރުވާއަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށްވެސް ބުންޏެވެ.
އެ މީހުންނަށް ލިބިފައިވަނީ ކޮން ކަހަލަ އަނިޔާއެއް ކަމެއް އަދި ޕިކަޕު ފުރޮޅާލަން މެދުވެރިވީ ކީއްވެ ކަމެއް ފުލުހުން ނުބުނެ އެވެ.
ހައިވޭއިން ދުއްވާފައިދިޔަ އެމްއޭސީއެލްގެ ޕިކަޕެއް ފުރޮޅާލައިފި, ދެ މީހަކަށް އަނިޔާވެގެން ފަރުވޭ ދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ