ގުދަނުގައި ރޯވި ހާދިސާއާ ގުޅިގެން 21 މީހަކަށް ވަގުތީ ބޯހިޔާވަހިކަން

ހުޅުމާލޭ ގުނަދެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 21 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީ، ކެއިންބުއިމުގެ އިންތިޒާމު ހަމަޖައްސައިދީފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖުމެންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.
ވީ ކިހިނެއް؟ - ފޭސް 1ގައި ހުރި ގުދަނެއްގެ ބޭރުގައި ހުރި ކުނިތަކެއްގައި ރޭ ފަތިހު އަލިފާން ރޯވެ، އެ ގުދަނުގައި ހުރި މުދަލަށާއި އެ ގެއަށް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފަ އެވެ.
ތަފްސީލް - އެންޑީއެމްއޭ އިން ބުނީ ޗަނބޭލީ ގޯޅީގައި 6 ފަންގިފިލާއަށް ހަދާފައި ހުރި އެ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާގައި އިމާރާތުގެ ކަރަންޓު ޕެނަލް ހަލާކުވެ، މުޅި އިމާރާތުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ