މީޑިއާ ކައުންސިލްގެ މެމްބަރު ކަމުން މިއުސަމް ވަކިކޮށްފި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް އިންތިހާބުވެފައިވާ މިއުސަމް އައްބާސް އެ ކައުންސިލްގެ މެމްބަރު ކަމުން ވަކިކޮށްފި އެވެ.
މިއުސަމް އައްބާސް އެމްއެމްސީއަށް އިންތިހާބުވެފައިވަނީ އުތުރު ޑޮޓް ކޮމް ގެ ފަރާތުންނެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން އެމްއެމްސީގެ ރައީސް މުހައްމަދު އާސިފް (މޮންދު) ވިދާޅުވީ މިއުސަމް ވަކި ކުރަން ނިންމީ މިރޭ ބޭއްވި ބައްދަލުވުމެއްގައި މެމްބަރުންގެ އިއްތިފާގުން ކަމަށެވެ.
މޮންދު ވިދާޅުވީ މިއުސަމް މަގާމުން ވަކިކޮށްފައިވަނީ އެ ކައުންސިލްގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލްވާ މެމްބަރުންނާއި ފިޔަވަޅު އެޅުމުގެ އުސޫލުގެ ތެރެއިން ކަމަށެވެ. މީގެ އިތުރުން މީޑިއާ ކައުންސިލްގެ ކޮމެޓީތަކާއި ބައްދަލުވުންތަކުގެ ހާޒިރީއަށް ބަލާއިރު މިއުސަމް އުޅެނީ ވަރަށް ދަށުގައި ކަމަށްވެސް މޮންދު ވިދާޅުވި އެވެ.
މީޑިއާ ކައުންސިލްގައި ޖުމްލަ 15 މެމްބަރުން ހިމެނޭ އިރު އެ ކައުންސިލްގައި މީޑިއާތަކުން ތަމްސީލުކުރާ އަށް މެމްބަރަކާއި އާންމުންގެ ތެރެއިން ހަތް މެމްބަރުން ތިއްބަވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ