ޖުލައި މަހުގެ ކަރަންޓު ބިލު ބޮޑުވިގޮތް ރަނގަޅު: ޔުޓިލިޓީ އޮތޯރިޓީ

މިދިޔަ ޖުލައި މަހު ސްޓެލްކޯއިން ގޭބީސީތަކަށް ފޮނުވި ކަރަންޓު ބިލް ބޮޑުވުމުން އާއްމުންގެ ފަރާތުން ލިބުނު ޝަކުވާގެ މައްސަލައަކީ ސަރުކާރުން ދިން ޑިސްކައުންޓާއި އީދު ބަންދުގެ މުއްދަތު އެ މަހުގެ ބިލު ހެދުމުގައި ހިމަނާފައި ނުވާތީވެ ކުރިމަތިވި ކަމެއް ކަމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތީރިޓީން ބުނެފި އެވެ.ޖުލައި މަހު، ސްޓެލްކޯއިން ދޭ ކަރަންޓުގެ ބިލުތައް އާދަޔާ ޚިލާފަށް ބޮޑުވުމުގެ ސަބަބުން ގިނަ ބައެއްގެ ޝަކުވާތައް ފެންމަތިވުމާއެކު އެ މައްސަލަ ބެލުމަށްފަހު ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ވަނީ ރިޕޯޓެއް އެކުލަވާލާފައެވެ.މި ރިޕޯޓާ ގުޅިގެން އެއޮތޯރިޓީން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ ބައެއް ކަސްޓަމަރުންގެ ބިލު ބޮޑުވީ މައިގަނޑު ގޮތެއްގައި ދެ ސަބަބަކާހުރެ ކަމަށެވެ.މިގޮތުން ބައެއް ކަސްޓަމަރުންގެ ބިލު ބޮޑުވީ ސްޓެލްކޯއިން ޖުލައި މަހުުގައި ފޮނުވި ބިލަކީ ޖޫން 10އިން ފެށިގެން ޖުލައި 10އާ ދެމެދުގައި ކަރަންޓު ބޭނުންކޮށްފައިވާ ވަރަށް ބަލައިގެން ތައްޔާރުކޮށްފައިވާ ބިލުތަކެއް ކަމުގައި ވިއަސް އީދު ބަންދުގައި ބިލުކުރި މިންވަރު އެ ބިލުގައި ނުހިމެނުމަމަކީ ބިލު ބޮޑުވި ސަބަބެއް ކަމަށް އެއޮތޯރިޓީން ވިދާޅުވެއެވެ. ޖުލައި މަހުގެ ބިލު ކުޑަނުވީ އީދު ބަންދުގައި ކަރަންޓު ބޭނުންކުރި މިންވަރު ޖުލައިގެ ބިލުގައި ނުހިމެނޭތީ ކަމަށާއި، ޢީދު ޗުއްޓީގައި ކަރަންޓު ބޭނުންކުރި މިންވަރު ހިމަނާފައިވަނީ އޯގަސްޓު މަހުގެ ބިލުގައި ކަމަށް އެ އޮތޯރިޓީން ވިދާޅުވެއެވެ. އެ އޮތޯރިޓީން ބުނީ، ކޮވިޑާ ގުޅިގެން ސަރުކާރުން ދިން 40 ޕަސެންޓުގެ ޑިސްކައުންޓު ޖޫން މަހުގެ ބިލުތަކަށް ދިން ނަމަވެސް ޖުލައި މަހުގައި ލިބުނު ބިލުތަކުގައި ޑިސްކައުންޓު ހިމެނިފައިނުވާ ކަމަށާއި އެހެންކަމުން އެ ތަފާތުވެސް އެ ބިލުން ފެންނާނެ ކަމަށެވެ.މިއަހަރުގެ އީދު ބަންދު އައީ ޖުލައި މަހުގެ ތެރޭގައި ކަމަށާއި، އީދު ބަންދުގައި ރަށުން ބޭރުގައި ތިބިއިރުވެސް ބިލު ބޮޑުވި ކަމަށް ޝަކުވާ ކުރި ފަރާތްތަކުން އޭރު ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ