މާދަމާ ކަރަންޓު ދޭނީ ހިޔާގެ ޓަވަރު 5 އަދި 6 އަށް

ހިޔާ ފްލެޓުތަކަށް ކަރަންޓު ދިނުމަށްޓަކައި މާދަމާ ކަރަންޓު ދޭނީ ޓަވަރު 5 އަދި 6 އަށް ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފި އެވެ.
ސްޓެލްކޯ އިން ބުނީ ޓަވަރު 5 އަދި 6 އިން ފްލެޓް ލިބިފައިވާ ފަރާތްތަކަށް ހާޒިރުވާންވި ގަޑި އެސްއެމްއެސް މެދުވެރިކޮށް އަންގާނެ ކަމަށެވެ. އަދި އެ ކުންފުނިން ދޫކޮށްފައިވާ ސްލިޕާ އެކު ގަޑިއަށް ހާޒިރުވުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
އަދި މަސައްކަތުގެ ބާވަތުން، އެ ދުވަހަކު ކަރަންޓު ދިނުމަށް ހަމަޖެހިފައިވާ ދެ ޓަވަރުން ފުލެޓް ލިބިފައިވާ ފަރާތްތަކަށް އެސްއެމްއެސް ލިބި ހާޒިރު ނުވެވިއްޖެ ނަމަ، އެފަރާތަކަށް ދެން އެ ފުރުސަތު ދޭނީ ބާކީ ހުރި ޓަވަރުތަކަށް ކަރަންޓު ދީ ނިމުމުން ކަމަށްވެސް ސްޓެލްކޯ އިން ބުންޏެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ