އިންޑިއާއާ ސްރީލަންކާއަށް މޫސުން އެބަ ރަނގަޅުވޭ

އިންޑިއާގެ ދެކުނުގެ ސަރަހައްދު ތަކަށް ކުރަމުންދާ ވިއްސާރައިގައި މަރުވި މީހުންގެ އަދަދު 25 އަށް ވުރެ ގިނަވާނެ ކަމަށް އޮފިޝަލުން ބުނެ އެވެ. ފެން ބޮޑުވެ ޗަކަ އުފެދުމުގެ ސަބަބުން ވަޒަން ދޫކޮށް އެތައް ބަޔަކު ދުރުހިސާބުތަކަށް ގޮސްފައިވާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.
އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމެންޓުން ބުނާ ގޮތުން މުޅި ސަރަހައްދުގައި އޮތް ބަނަކަން އަންނަނީ ފިލަމުންނެވެ. ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި މޫސުމަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް އެ އިދާރާއިން ލަފާކުރެ އެވެ.
މީޓިއޮރޮލޮޖިކަލް ޑިޕާޓްމެންޓުން ބުނާ ގޮތުން މޫސުން ގޯސްވެ އެންމެ ބޮޑަށް އަސަރުކުރި ސަރަހައްދުތަކަށް އަދި ވެސް އާދައިގެ ވަރަކަށް ވާރޭ ވެހޭނެ އެވެ. އަދި ބައެއް ހިސާބުތަކުގައި މަގުތަކާއި ގޮނޑު ދޮށުގައި ވެސް ބައެއް ފަހަރު ފެންބޮޑުވުން އެކަށީގެންވެ އެވެ.
ސްރީ ލަންކާއަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބިންގަނޑު ކަނޑައިގެން ގޮސް ފުން ވަޅުގަނޑުތައް އުފެދިފައިވާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ. ބައެއް ސަރަހައްދުތަކުގައި ދަތުރު ކުރުން ހުއްޓިފައި އޮތްއިރު ހިނގާބިނގާވެ އުޅުމަށް ވެސް ވަނީ ނުރައްކާވެފަ އެވެ.
އިންޑިއާއާ ސްރީ ލަންކާއަށް މޫސުން ގޯސްވެ އާންމު ދިއިރުޅުމަށް ބޮޑެތި ގެއްލުން ވަނީ ލިިބިފައި
އިންޑިއާއާ ސްރީ ލަންކާއަށް މޫސުން ގޯސްވެ އާންމު ދިއިރުޅުމަށް ބޮޑެތި ގެއްލުން ވަނީ ލިިބިފައި
ލަންކާގައި މަރުވީ މީހުންގެ ތެރޭގައި ގެނބިގެން މަރުވި މީހުން ވެސް ހިމެނެ އެވެ. ފަސްގަނޑު ދޫވެ ބައެއް އިމާރާތައް ވެއްޓިފައިވާ ކަމަށް ވެސް ލަންކާ ނޫސްތަކުގައި ބުނެފައިވެ އެވެ.
އިންޑިއާގެ މީޓިއޮރޮލޮޖީން ބުނާ ގޮތުން އާންމު ގޮތެއްގައި ކޮންމެ އަހަރަކު ވެސް މި ދުވަސްވަރު މޫސުން ގޯސްވެ އެވެ. އެހެން ނަމަވެސް މިއަހަރު މޫސުމީ ބަދަލުތައް ބާރުގަދަވެފައި ވާރޭ ވެހޭ ނިސްބަތް އިތުރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ