ފެހެންދޫގައި އަލަށް އާބާދުވާ ސަރަހައްދަށް ކަރަންޓު ދިނުމަށް ފެނަކަ ކޯޕަރޭޝަނުން ތައްޔާރުވެއްޖެ އެވެ.
އެގާރަ ވަރަކަށް ގޯތި ހުރި އަލަށް އާބާދުވާ ސަރަހައްދަށް ކަރަންޓު ދިނުމަށް ބޭނުންވާ ކޭބަލްތަކާއި ކަމާ ގުޅުންހުރި އެހެނިހެން ތަކެތިވެސް މިހާރު ވަނީ އެރަށަށް ގެނެސްފައެވެ.
މި ސަރަހައްދުގެ އިތުރުން އެރަށުގައި އަލަށް ހަދަމުންދާ ބަނދަރު ސަރަހައްދަށް ވެސް ކަރަންޓުގެ ހިދުމަށް ދިނުމަށް ނިންމާފައިވާ ކަމަށް ފެނަކަ، ފެހެންދޫ ބްރާންޗުން މައުލޫމާތު ދެއެވެ.
މި މަސައްކަތް ވަރަށް އަވަހަށް ފެށިގެން ދާނެކަމަށް ފެހެންދޫ، ފެނަކަ ބްރާންޗުން މައުލޫމާތު ދެއެވެ.
ފެހެންދޫގައި އަލަށް އާބާދުވާ ސަރަހައްދަށް ކަރަންޓު ދިނުމަށް ތައްޔާރުވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ