އެންއައިސީއަށް ގާސިމް އައްޔަން ކުރަން ކޮމިޓީއިން ފާސްކޮށްފި

ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ޅ. ނައިފަރު/ނިކަގަސްދޮށުގެ، ގާސިމް އަބްދުލްކަރީމް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމިޓީއިން ފާސްކޮށްފިއެވެ.އެންއައިސީގެ ހުސްވެފައިވަ މަގާމަށް ގާސިމް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހަށް އޭނާގެ ނަން ފޮނުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެ މަގާމު ހުސްވެފައި ވަނީ އެންއައިސީގެ ރައީސް ކަމުގައި ހުންނެވި އަހުމަދު ސުލައިމާން ކޮމިޝަނުން ވަކިކުރުމާ ގުޅިގެންނެވެ.އެންއައިސީއަށް އައްޔަން ކުރުމަށްޓަކައި ގާސިމްގެ އިންޓަވިއު ކުރުމަށްފަހު މިނިވަން މުއައްސަސާ ކޮމިޓީއިން ވަނީ އޭނާއަށް ރުހުން ދިނުމަށް ފެންނަ ކަމަށް ނިންމާފައި ވަނީ މި މަހުގެ 14 ވަނަ ދުވަހެވެ. އޭނާގެ ނަން ކޮމިޓީއިން ފާސްކުރުމަށް 11 މެންބަރުން ވޯޓު ދެއްވިއިރު، އޭނާ އަށް ރުހުން ދިނުމަށް ފެންނަ ކަމަށް 10 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.މިހާރު މޯލްޑިވިސް ސެންޓަ ފޯ އިސްލާމިކް ފައިނޭންސް ލިމިޓެޑް (އެމްސީއައިއެފްއެލް)ގެ ޗެއާމަން ކަން ކުރައްވަމުން ގެންދަވާ ގާސިމަކީ ބޭންކް އޮފް މޯލްޑިވްސް، ފ.ނިލަންދޫ ދާއިރާގެ މެނޭޖަރުކަން ކުރެއްވި ފަރާތެވެ. އޭނާއަކީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތް ފަޅާއަރުވާލި މީހާވެސް މެއެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތް ފަޅާ އަރުވާލުމުން "ވިސްލް ބްލޯވިން" އުސޫލާ ހިލާފަށް ބީއެމްއެލްގެ ކަސްޓަމަރެއްގެ މައުލޫމާތު ހާމަކުރުމުގެ ކުށުގައި ގާސިމް ވަނީ 8 މަހާއި 12 ދުވަހަށް ޖަލަށްލާފައެވެ. އެ ޖަލު ހުކުމް ހުކުމް ތަންފީޒުކޮށް ނިމުުން، އޭނާ ދޫކޮށްލާފައި ވަނީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ