މިހާރު ފެންނަމުންދާ މަންޒަރުތަކުން އަންނަ ރިޔާސީ އިންތިޙާބު އެއްބުރުން ކާމިޔާބު ކުރެވޭނެކަމަށް އުއްމީދު ކުރައްވާކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ނަޝީދު މިގޮތަށް ވިދާޅުވީ ފ. ބިލެއްދޫ ކައުންސިލަށް އެމްޑީޕީން ކުރިމަތިލި ކެންޑިޑޭޓަށް ކެމްޕެއިން ކޮށްދިނުމަށް އެރަށަށް އިއްޔެ ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެން ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި އެވެ.
ނަޝީދު ވިދާޅުވީ ކުރީގައި އެމް.ޑީ.ޕީ އަށް މާބޮޑު ކާމިޔާބެއް ނުލިބޭ ދާއިރާތަކުން މިހާރު ވަރަށް ބޮޑެތި ކުރިއެރުންތައް ލިބެމުންދާކަމަށާއި އެހެން ކަމުން އަންނަ ރިޔާސީ އިންތިހާބް ފުރަތަމަ ބުރުން ކާމިޔާބު ކުރެވޭނެ ކަމަށެވެ.
‘ފުރަތަމަ ބުރުގަ މިސާލަކަށް އެމް.ޑީ.ޕީއަށް ވަރަށް މަދުން ވޯޓުދިން ރަށްރަށް އަދި ދާއިރާތަކުން، މިހާރު ވަރަށް ބޮޑެތި ކުރިއެރުންތައް އެބަލިބޭ. އެގޮތުން ބަޣާވާތައްފަހު ބޭއްވުނު ބައި އިލެކްޝަން ތަކުގެ ތެރެއިން ހއ. ފިއްލަދޫ ގޮޑި އެއީ އަލުން އަނބުރާ ނެގުނު ގޮނޑިއެއް، ދެފަރަރެއްގެ މަތިން ނ. މާފަރުގަޔާއި އއ. މަތިވެރި ގައިބޭއްވި ބައި އިލެކްޝަންއިން ދެތަނުންވެސް އެއް ފަހަރު ގޮނޑި ނެގުނު. އދ. ހަންޏާމީދޫގެ ބައި އިލެކްޝަން ކާމިޔާބު ކުރެވުނު އަދި މ. ރަތްމަންދޫ ގެ ބައި އިލެކްޝަން މުޅިން އަލަށް ކާމިޔާބު ކުރެވުނު،'' ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ކާށިދޫ ދާއިރާގެ ރައްޔިތުންގެ މަޖްލީސް އިންތިޙާބުގައި ވަރަށް ބޮޑު ކާމިޔާބީއެއް ލިބިގެން ދިޔަކަމަށް ވިދާޅުވިއެވެ. ‘ކުރީގައި ކާށިދޫ ދާއިރާއަކީ އަޅުގަޑުމެންނަށް ވަރަށް ކުޑަކޮށް ވޯޓުނެގުނު ދާއިރާއެއް، ނަމަވެސް 40 ގެ މަތީ ފަށަލައިގެ ކާށިދޫ ދައިރާއިންވެސް ވޯޓު މިހާރު މިހުރީ’ އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިގޮތަށް ވިދާޅުވެފައި ވަނިކޮށް މިއަދު ބޭއްވި 3 ބައި އިލެކްޝަންގައި ވެސް އެމްޑީޕީ އަށް ނާކާމިޔާބުވެ، ނަޝީދު އެންމެ ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ ޕީޕީއެމް އިން ވަނީ 3 ގޮނޑި ވެސް ކާމިޔާބުކޮށްފަ އެވެ.
މިހާރުފެންނަމުންދާ މަންޒަރުތަކުން އަންނަ ރިޔާސީ އިންތިޙާބު އެއްބުރުން ކާމިޔާބު ކުރެވޭނެ – ރައީސް ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ