ސްކޫލު ދަރިވަރުން ހޭލުންތެރިކޮށް މައުލޫމާތު ދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އައްޑޫ ހިތަދޫ ނޫރާނީ ސްކޫލްހެ ދަރިވަރުންނަށް ޕްރޮގްރާމއް ބާއްވައިފި އެވެ.
މި މަހު 10 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި މަގުމަތީގައި ހިނގާބިނގާވެ އުޅުމުގަ އާއި ބައިސްކަލު ދުއްވާ އިރު ދަރިވަރުން ސަމާލުކަންދޭން ޖެހޭ ކަންކަމުގެ މައުލޫމާތު ދަރިވަރުންގެ އުމުރާ ގުޅޭ ގޮތަށް ހިއްސާކޮށްފައިވެ އެވެ. އަދި އެކްސިޑެންޓުތައް ހިނގަން މެދުވެރިވާ ސަބަބުތަކާއި އެފަދަ ކަންކަމުން ރައްކާތެރިވުމަށް ދަރިވަރުންގެ ފެންވަރުގައި ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ވެސް ދިނެވެ.
،މީގެ އިތުރުން، ޓްރެފިކް ބެލެހެއްޓުމުގައި ފުލުހުން އަމަލުކުރާ ގޮތުގެ މައުލޫމާތާއ އައްޑޫގައި މިހާރު ބޭނުންކުރަމުން އަންނަ ޒަމާނީ ސްޕީޑް ގަން ބޭނުންކުރާ ގޮތާއި އެ ކަމުގައި ބަލާ ކަންކަން ދަރިވަރުންނަށް ފުލުހުން ކިޔައި ދީފައިވެ އެވެ. ސްޕީޑް ގަން ބޭނުންކުރުމުގެ ފުރުސަތު ވެސް ދަރިވަރުންނަށް ދީފައިވެ އެވެ.
ނޫރާނީ ސްކޫލުގެ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި މައުލޫމާތު ދީފައިވަނީ އެ ސްކޫލްގެ ސްކައުޓް ދަރިވަރުންނާއި ގާލް ގައިޑުންނަށެވެ.
ޓްރެފިކާ ގުޅޭ ޕްރޮގްރާމެއް ނޫރާނީ ސްކޫލް ދަރިވަރުންނަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ