ދ. ޖުޑިޝަރީ ދާއިރާގެ ހިންގުން އަބްދުލް ގާދިރަށް

މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ސައުތު ރީޖަނަލް ހެޑް އޮފީސް އަޅަން އައްޑޫ ސިޓީ ކައުންސިލުން ދޫކުރާ ބިމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
އައްޑޫ ސިޓީ މަރަދޫގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި މި އެއްބަސްވުމުގައި ކަސްޓަމްސްގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް އެވެ. އަދި އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ މޭޔަރު އަބްދުﷲ ސޯދިގެވެ.
ކަސްޓަމްސް އިން ބުނީ ޝަރީފް އައްޑޫ ސިޓީއަށް މިހާރު ކުރައްވާ ދަތުރުގެ ތެރެއިން ގަން ކަސްޓަމްސް އޮފީހުގެ އަ އިމާރާތް އެޅުމަށް ހަމަޖެހިފައިވާ ބިމުގެ އެއްބަސްވުމުގައި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓާއެކު މިއަދު ސޮއި ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ