އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓް ނެރެފި

އުތުރުގެ ސަރަހައްދުތަކުގެ އަތޮޅުތަކަށް މޫސުން ގޯސް ވެދާނެ ކަމަށް ލަފާކޮށް މޯލްޑިވްސް މީޓިއޮރޯލޮޖިކަަލް ސާވިސް (މެޓް އޮފީސް) އިން "ޔެލޯ އެލާޓް" ނެރެފި އެވެ.
މެޓު އޮފީހުން ދާދި ދެންމެއަކު ނެރުނު ޔެލޯ އެލާޓުގައި އުތުރުގެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާ ވިދާނެ ކަމަށް ލަފާކޮށްފައިވެއެވެ. ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
މިއަދުގެ ޔެލޯ އެލާޓް ނެރެފައިވަނީ ހެނދުނު 0945 އިން ފެށިގެން މެންދުރު 1300 އަށެވެ.
ރާއްޖޭގެ މޫސުން އާދައިގެ ގޮތަކަށް މިދުވަސްވަރު ގޯސްވާނެ އެވެ. މީގެ ދެ ދުވަހެއް ކުރިން މެޓް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަންނަ އަންގާރައިގެ ނިޔަލަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވިއްސާރަ ކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ