މީރާއިން ބާއްވާ ކުޑަކުދިންގެ ހަވީރު ފަސްކޮށްފި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ 5ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ 'ޓެކްސް ވީކް' ގެ ހަރަކާތެއްގެ ގޮތުންނާއި މިނިވަން 50 ގެ މުނާސަބަތުގައިކުޑަކުދިންގެ ހަވީރެއް މިއަދު، 8 އޮގަސްޓު 2015 ވާ ހޮނިހިރު ދުވަހުގެ 16:00 ން 18:00 އަށް ކުޑަކުދިންގެ ބަގީޗާގައި ބޭއްވުމަށް ހަމަޖެއްސި ކުޑަކުދިންގެ ހަވީރު ފަސްކޮށްފިއެވެ.
މީރާ އިން ބުނީ ކުޑަކުދިންގެ ހަވީރު ފަސްކުރީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ.
މީރާ އިން ބުނެފައި ވަނީ ކުޑަކުދިންނަށް ޚާއްޞަކޮށް ބާއްވާ މި ހަވީރު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ކުޑަކުދިންގެ އެކިއެކި ކުޅިވަރުތަކާއެކު ކަމަށެވެ.
މިގޮތުން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ހުނަރު ދައްކާ ޝޯތަކާއި ސެލްފީ ނެގުމާއި ފޭސް ޕެއިންޓް، މިއުޒިކަލް ޗެއަރ، ދަޅު ވައްޓާ، ފުޓުބޯޅަ އަދި މި ނޫން އެތައް ބައިވަރު ކުޅިވަރުތަކެއް ހިމެނޭ ކަމަށް މީރާ އިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ