ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީ ބާތިލުކުރުމަށް އެދާއިރާގެ މިހާރުގެ މެންބަރު އަލްހާން ފަހުމީ ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލަ އެ ކޯޓުން ބަލައިގެންފި އެވެ.
ފޭދޫ ދާއިރާގެ ޕްރައިމަރީ ބާތިލްކުރުމަށާއި، އެމްޑީޕީން މަޖިލިސް އިންތިހާބަށް ފޭދޫ ދާއިރާގެ ޓިކެޓް ދީފައިވާ ކެންޑިޑޭޓު މުހައްމަދު ނިހާދުގެ ކެންޑިޑެސީ ބާތިލްކުރުމަށް ހައި ކޯޓަށް ވެސް އަލްހާންގެ ފަރާތުން ހުށަހެޅި ނަމަވެސް ހައި ކޯޓުން އެ މައްސަލަ ބަލައިނުގަތީ ސިޔާސީ ޕާޓީގެ އެތެރޭގެ ކަމަކަށްވާތީ އެވެ.
އެ މައްސަލަ ސިވިލް ކޯޓުގައި ރަޖިސްޓްރީ ކުރިކަން މައްސަލަ ހުށަހެޅުއްވި ފަރާތަށް މިހާރު އަންގާފައިވާއިރު އަޑު އެހުމެއް ބާއްވާނެ ތާރީހެއް އަދި ނުނިންމަ އެވެ.
އެމްޑީޕީގެ ފޭދޫ ދާއިރާއަށް ޓިކެޓް ދީފައިވާ ކެންޑިޑޭޓުގެ ޓިކެޓް ބާތިލްކުރުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް ވެސް މައްސަލަ ހުށަހެޅުއްވި ފަރާތުން ވަނީ ސިވިލް ކޯޓުގައި އެދިފައެވެ.
ފޭދޫ ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބުކޮށް މަޖިލިސް އިންތިހާބުގެ ޓިކެޓް ހޯދާފައިވަނީ މުހައްމަދު ނިހާދު އެވެ. ފޭދޫ ދާއިރާގެ ޕްރައިމަރީގައި ނިހާދަށް 316 ވޯޓް ލިބިވަޑައިގެންފައިވާއިރު، އަލްހާނަށް ލިބިވަޑައިގެންފައިވަނީ 154 ވޯޓެވެ.
އަލްހާން ފޭދޫ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާއިރު އަލްހާންގެ ބުރަކަށްޓައް ވަޅި ހެރުމުގެ ސަބަބުން އޭނާގެ މައިބަދަ އަށް ލިބުނު އަނިޔާގައި ކަނާތު ފައި ހަރަކާތް ނުކުރެވޭތީ ލަންކާގެ ސެންޓްރަލް ހޮސްޕިޓަލްގައި އަލްހާނަށް ފަރުވާދިނުމަށް ފަހު އޭނާ މިހާރު ވަނީ ގެއަށް ބަދަލުކޮށްފަ އެވެ.
ޕްރައިމަރީ ބާތިލްކުރަން އަލްހާން ހުށަހެޅި މައްސަލަ ސިވިލް ކޯޓުން ބަލައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ