އުމަރު ނަސީރާއި ދޭތެރޭ އަޅާ ފިޔަވަޅު ޕީޕީއެމްގެ ސުލޫކީ ކޮމިޓީން ނިންމައި އެ ޕާޓީގެ ސެކްރެޓޭރިއެޓަށް ފޮނުވައިފި އެވެ.
އުމަރާމެދު އެޅީ ކޮން ފިޔަޅެއް ކަމެއް ސުލޫކީ ކޮމެޓީން އަދި ހާމަ ކޮށްފައި ނުވިނަމަވެސް ބައެއް ނޫސްތައް ބުނާ ގޮތުން ކޮމެޓީން ނިންމާފައި ވަނީ އުމަރު ޕީޕީއެމުން ވަކި ކުރުމަށެވެ. ނަމަވެސް އެކަން ވީނިއުސްއަށް އަދި ކަށަވަރުވާ ގޮތެއް ނުވެއެވެ.
ވީނިއުސްއަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ޕީޕީއެމްގެ ސުލޫކީ ކޮމެޓީގެ މުގައްރިރު އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރު ވިދާޅުވީ އުމަރު ނަސީރާ ދޭތެރޭ އަޅާނެ ހަރުކަށި ފިޔަވަޅެއް ޕީޕީއެމްގެ ސުލޫކީ ކޮމިޓީން ނިންމާފައިވާނެ ކަމަށާއި ފިޔަވަޅު އަޅަން ނިންމި ރިޕޯޓް މިދިއަ ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ޕާޓީގެ ސެކްރެޓޭރިއަޓަށް ފޮނުވާފައިވާ ކަމަށެވެ.
"ސުލޫކީ ކޮމިޓީ އެޅި ފިޔަވަޅެއް ކޮމެޓީން ހާމައެއް ނުކުރާނެ، އެ ފިޔަވަޅު ހާމަ ކުރާނީ ސެކްރެޓޭރިއަޓުން،" އަޒީ ވިދާޅުވި އެވެ.
އުމަރު ނަސީރާއި މެދު ފިޔަވަޅު އެޅީ ޕީޕީއެމްގެ އަސާސީ ގަވައިދާއި ހިލާފަށް އަމަލުކުރައްވާފައިވާތީ އެކަން އިސްލާހުކޮށް އަސާސީ ޤަވައިދަށް އަމަލުކުރެއްވުމަށް ހަތް ދުވަހުގެ މުހުލަތެއް ދިނުމަށް ފަހުން އަމަލު ނުކުރުމުން ކަމަށް ވެސް އަޒީޒު ވިދާޅުވި އެވެ.
މިމަހުގެ ނުވަވަނަ ދުވަހުގެ ރޭ ނޫސްވެރިންނާއި ބައްދަލުކުރައްވާ އުމަރު ވިދާޅުވެފައިވަނީ ޕީޕީއެމް އުފެއްދީ އޭނާ އާއި ރައީސް މައުމޫން ކަމަށްވާތީ ޕީޕީއެމުން އޭނާ ވަކިކޮށްފިނަމަ އެޕާޓީއަށް ބިންހެލުމެއް އައިސް ޕާޓީ ފުނޑުފުނޑުވެގެންދާނެ ކަމަށެވެ.
އުމަރު ޕީޕީއެމުން ވަކި ކުރަން ނިންމައިފި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ