މެމްބަރު ހުސެއިން އަރީފް އެމްޑީއޭއަށް
ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފް، ސަރުކާރު ހިންގާ ކޯލިޝަން ޕާޓްނަރު އެމްޑީއޭއަށް މިއަދު ސޮއިކުރައްވައިފި އެވެ. ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ނޮޅިވަރަމް ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ހުސެއިން އަރީފް އެމްޑީއޭއަށް ސޮއިކުރެއްވުމުން އެ ޕާޓީގެ މަޖިލިސް މެމްބަރުންގެ އަދަދު ހަޔަކަށް އެރީ އެވެ. މިހާތަނަށް އެމްޑީއޭގެ މަޖިލިސް މެމްބަރުންގެ ގޮތުގައި ތިއްބެވީ ފަސް ބޭފުޅެކެވެ. ހުސެއިން އަރީފު އެންމެ ފަހުން ހުންނެވީ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގަ އެވެ. އޭނާ އެމްޑީއޭއާ މި ގުޅިވަޑައިގަތީ، ޕީޕީއެމުން ވަކިވެވަޑައިގެންފައި ހުންނަވާތާ ދުވަސްތަކަކަށް ފަހުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ