ސްޕްރީމް ކޯޓްގެ ފަނޑިޔާރު އަލީ ހަމީދަށް ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ރިޝްވަތު ދެއްވިކަމަށް ބުނެ އެ މައްސަލަ ބަލައިދިނުމަށް ވެރިކަން ކުރާ ޕީޕީއެމްއިން ގޮވާލައިފި އެވެ.
މާލޭ ސިޓީ ކައުންސިލްގެ ކުރީގެ މެމްބަރު ޒައިދުލް އަމީން، ޗެނަލް 13 އަށް ދިން އިންޓަވިއުއަކަށް ހަވާލާދީ ޕީޕީއެމްއިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕީޕީއެމްގެ ހިންގުން ރައީސް އަބްދުﷲ ޔާމީނާއި ހަވާލުކުރުމަށް ކޯޓަށް ހުށައެޅި މައްސަލަޔަށް އަލީ ހަމީދު މެދުވެރިކޮށް ނުފޫރު ފޯރުވުމަށް ރައީސް މައުމޫނު މަސައްކަތް ކުރެއްވި ކަމުގައެވެ.
ޕީޕީއެމްގެ އެ ބަޔާނުގައިވަނީ ރައީސް މައުމޫނުގެ މައްޗަށް ރިޝްވަތުގެ ތުހުމަތު ކުރެވޭކަމަށާއި އެކަން ތަހުގީގު ކޮށްދިނުމަށް ތަހުގީގީ އިދާރާތަކަށް ގޮވާލާ ކަމަށެވެ.
ކުރިން ރައީސް މައުމޫނު ފަޅީގައި ހުންނެވި ޒައިދުލް އަމީން ރައީސް ޔާމީން ފަޅިއަށް ވަޑައިގެންނެވީ ސްޕްރީމް ކޯޓްގެ ފަނޑިޔާރަކު ބްލެކްމެއިލް ކުރުމުގެ މައްސަލައެއްގައި އެތައް ދުވަހަކު ހައްޔަރު ކޮށްފައި ބެހެއްޓުމަށް ފަހު ދޫކޮށްލި ފަހުންނެވެ.
ރައީސް މައުމޫނުގެ މައްސަލަ ބެލުމަށް ޕީޕީއެމްއިން ގޮވާލިއިރު މިދިޔަ ބްރާސްފަތި ދުވަހުގެ ރޭ ސްޕްރީމް ކޯޓުން ނެރުނު އަމުރާއި އެކު ސަރުކާރަށްވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.
ރައީސް މައުމޫނު ފަނޑިޔާރަކަށް ރިޝްވަތު ދެއްވިކަމަށް ބުނެ މައްސަލަ ބެލުމަށް ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ