ބޭރުގެ ސަފީރުންނަށް ޖެއްސުންކޮށްގެން ފެއިލްވެފައިވާ ވެރިކަމެއް ނުހިފެހެއްޓޭނެ ކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫނު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވިޓެއްގައެވެ.Attacking foreign leaders and ambassadors will not help sustain a failed regime. @AkhileshIFS @USAmbKeshap— Maumoon Abdul Gayoom (@maumoonagayoom) December 20, 2017ރައީސް މައުމޫނު ވިދާޅުވީ ބޭރުގެ ލީޑަރުންނާއި ސަފީރުންނަށް ޖެއްސުންކޮށްގެން ފެއިލްވެފައިވާ ވެރިކަމެއް ނުހިފެހެއްޓޭނެ ކަމުގައެވެ.
ރައީސް މައުމޫނުގެ މި ޓްވިޓްގައިވަނީ އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްފައިވާ ސަފީރު އަތުލް ކެޝަޕް އާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ ޓެގް ކުރައްވާފައެވެ.
ރައީސް މައުމޫނު މިހެން ވިދާޅުވި އިރު ކައުންސިލްތަކުން ބޭރުގެ ސަފީރުންނާއި ބައްދަލުކުރުން ލޯކަލް ގަވަމަންޓް އޮތޯރިޓީ، އެލްޖީއޭއިންވަނީ މަނާކޮށްފައެވެ. އަދި އިންޑިއާ ސަފީރާއި ބައްދަލު ކުރެއްވި މައްސަލާގައި ގއ އަތޮޅު ކައުންސިލްގެ ތިން މެމްބަރުންވަނީ ސަސްޕެންޑް ކޮށްފައެވެ.
ސަފީރުންނަށް ޖެއްސުންކޮށްގެން ފެއިލް ވެފައިވާ ވެރިކަމެއް ނުހިފެހެއްޓޭނެ: މައުމޫނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ