މި ސަރުކާރުން ހީވެސް ނުކުރާ ވަރަށްކޮރަޕްޝަންގެ އަމަލުތައް ހިންގައިފި ކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫނު މިހެން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ހއ ދިއްދޫގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް މައުމޫނުގެ ފަރާތުން އިއްވެވި ހިތާބުގައެވެ. ހިތާބު އިއްވެވީ މަޑުއްވަރީ ދާއިރާގެ މެންބަރުކަމުން ވަކިވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މުހައްމަދު އަމީތެވެ.
ރައީސް މައުމޫނުގެ ހިތާބުގައި ވިދާޅުވެފައިވަނީ ކޮރަޕްޝަން ސަރުކާރުގައި ބޮޑުވުމުގެ އިތުރުން ރައްޔިތުންގެ ހައްގުތައް ނިގުޅައިގަނެ އަދުލު އިންސާފު ގާއިމް ނުކުރެވުމަކީ ގައުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމުގައެވެ.
އަދި އިދިކޮޅު ލީޑަރުން އެކުގައި ނިކުންނަވާ ޤައުމު އިސްލާހު ކުރުމުގެ މަސައްކަތް ފައްޓަވަން ޖެހިވަޑައިގެންނެވީވެސް މި ވެރިކަމުގައި ކޮރަޕްޝަނުގެ އަމަލުތައް ގިނަވެ ރައްޔިތުންގެ ހައްގުތައް ނިގުޅައިގަނެ އަދުލު އިންސާފު ގާއިމް ކުރަން މި ސަރުކާރު ނުކުޅެދުމުންކަމަށްވެސް ރައީސް މައުމޫނުގެ ހިތާބުގައި ވިދާޅުވިއެވެ.
މިރޭގެ ހިތާބުގައި ޕީޕީއެމް މިހާރު ހިންގަމުންދަނީ އެޕާޓީ އުފެއްދި މަޤްސަދާއި ހިލާފަށްކަން ފާހަގަ ކުރައްވާ ރައީސް މައުމޫނު ވިދާޅުވެފައިވަނީ ޕީޕީއެމްގެ ގައުމީ އަދި ދީނީ މިސްރާބު ގެއްލިފައިވާ ކަމުގައެވެ.
ހީވެސް ނުކުރާވަރަށް ސަރުކާރުން ކޮރަޕްޝަން ހިންގައިފި: ރައީސް މައުމޫނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ