ޓީޓީއެމް 2018 ގައި ސަޕްލަޔަރުންނަށް ހާއްސަ އެކްސްޕޯއެއް ހިމެނޭނެ: ޓީޓީއެމް
ޓްރެވަލް ޓްރޭޑް މޯލްޑިވްސްގެ ބައެއްގެ ގޮތުގައި ޓީޓީއެމް ސަޕްލަޔަރ އެކްސްޕޯ ބޭއްވުމަށް ހަމަޖައްސައިފިއެވެ.އަންނަ އަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ތިންވަނަ ދުވަހާ ހަމައަށް ބާއްވާ ޓީޓީއެމް ފެއާގައި ޓީޓީއެމް ސަޕްލަޔަރ އެކްސްޕޯ ހިމެނުމުގެ މައިގަނޑު މަގްސަދަކީ ބައިނަލްއަގްވާމީ ފެންވަރުގެ ޕްލެޓްފޯމެއްގައި ދަތުރުފަތުރުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ސަޕްލަޔަރުންނާ ގުޅުވައިދިނުމެވެ.މި އެކްސްޕޯގައި މި ދާއިރާގައި ހަރަކާތްތެރިވާ ދިވެހި އަދި ބޭރުގެ 50 އަށްވުރެ ގިނަ ކުންފުނިތަކުން ބައިވެރިވާއިރު، މި އެކްސްޕޯގެ ސަބަބުން ދަތުރުފަތުރު ކުރުމުގެ ދާއިރާގައި ސަޕްލަޔަރުން ފޯރުކޮށްދޭ އެކިއެކި ހިދުމަތްތަކާއި ޕްރޮޑަކްޓްތަކާ ބެހޭ މައުލޫމާތުތައް ލިބިގެންދާނެއެވެ.ދިވެހިރާއްޖޭގައި 125 އަށްވުރެ ގިނަ ރިސޯޓުތަކުން ހިދުމަތްދެމުންދާއިރު، އަންނަ އަހަރު ނިމުމުގެ ކުރިން އިތުރު 50 ރިސޯޓު ހުޅުވުމަށް ދިވެހި ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ. މީގެ ސަބަބުން ސްޕަލަޔަރުން ހިމެނޭ ގޮތަށް އެކްސްޕޯއެއް ބޭއްވުމަކީ މުހިންމު ކަމެއް ކަމަށް ޓީޓީއެމްއިން މައުލޫމާތު ދެއެވެ.ޓީޓީއެމް ސަޕްލަޔަރ އެކްސްޕޯގެ އިތުރުން ގެސްޓްހައުސް އެކްސްޕޯއާއި ޑައިވް އެކްސްޕޯއެއް ވެސް ޓީޓީއެމް 2018 ގައި ހިމެނޭނެއެވެ. އަދި ހަމައެއާއެކު ހިޓެލިއަރ ސަމިޓަކާއި އެކިއެކި ބައްދަލުވުންތައް ވެސް މި ފެއާގައި ކުރިއަށްދާނެ ކަމަށް ޓީޓީއެމްއިން މައުލޫމާތު ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ