ކުޑަކުދިންގެ ހިޔާ އަށް ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލައެއް ފެންމަތިވެއްޖެ

ކުޑަކުދިންގެ ހިޔާއަށް ފައިސާ ހޯދުމަށް ކަމަށް ބުނެ ލިބެމުންދާ ފޯނު ކޯލުތަކަށް ސަމާލުވުމަށް ޖެންޑާ މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.
އެމިނިސްޓްރީން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ކުޑަކުދިންގެ ހިޔާއަށް އެހީ ހޯދުމަށް ކަމަށް ބުނެ، ޢާންމުން ފަރާތްތަކަށް ގިނަ ފޯނު ކޯލުތަކެއް ލިބެމުންދާ ކަމުގެ މަޢުލޫމާތު މި މިނިސްޓްރީއަށް ވަނީ ލިބިފައިވާ ކަމަށެވެ.
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން ނުވަތަ މި މިނިސްޓްރީގެ މަރުކަޒުތައް ކަމުގައިވާ ކުޑަކުދިންގެ ހިޔާ އާއި ފިޔަވަތީގެ ފަރާތުން އެހީ ހޯދުމުގެ އެއްވެސް ހަރަކާތެއް ފޯނު މެދުވެރިކޮށް ނުވަތަ މުއާޞަލާތީ އެއްވެސް ވަސީލަތެއް މެދުވެރިކޮށް ކުރިއަށް ނުގެންދާ ކަމަށް އެމިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެފައެވެ. އަދި އެފަދަ ކަމެއް އެ މިނިސްޓްރީގެ ނަމުގައި އެއްވެސް މީހަކު ހިންގާ ނަމަ އެ މިނިސްޓްރީއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަންބަރު 3322111 އާ ގުޅައި ޙިއްސާކުރުމަށް އެދޭ ކަމަށް ވަނީ ބުނެފައެވެ.
މިކަހަލަ މައްސަލައެއް ފުލުހަށް ހުށައެޅިފައިވޭތޯ ސުވާލުކުރުމުން ފުލުހުންގެ މީޑިއާއިން ރާއްޖެއެމްވީ އަށް ބުނީ އެކަހަލަ މައްސަލައެއް ހުށައެޅިފައި ނުވާ ކަމަށެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ