އިއްޔަ މޫސުން ރަނގަޅުވީ ނަމަވެސް، މޫސުން އަނެއްކާވެސް ގޯސްވެ ވައިޓް އެލާރޓް ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ދާދި ދެންމެއަކު ބައެއް އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ވައިޓް އެލާރޓް ނެރެފައެވެ.
މިއަދު ހެނދުނު 11:30 އިން ފެށިގެން 16:00 އަށް މޫސުން ލަފާ ކުރާ ގޮތް ހާމަކުރަށްވާ މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކުރި ގޮތުގައި، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ދެކުނާއި މެދުތެރޭގެ އެކިހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި އަދި ގުގުރުންވެސް އެކަށީގެންވާ ކަމުގައެވެ.
މެދުތެރެއާއި ދެކުނުގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާ 13 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހާމަކުރެއްވިއެވެ.
ކ.އަތޮޅުން ފެށިގެން ގއ.އަތޮޅާއި ދެމެދު އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ވައިޓް އެލާރޓް ނެރެފައި ވާއިރު އުތުރަގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރިނަމަވެސް މޫސުން އާއްމު ގޮތެއްގައި ރަގަޅުވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މައުލޫމާތު ދެއެވެ.
އަދި ދެކުނާއި މެދުތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމުގައި އެ އިދާރާއިން ވިދާލުވިއެވެ.
މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވެ ބައެއް ރަށް ރަށަށް އުދަ އަރައިފައި ވާއިރު، ވިއްސާރަވެ ވައިގަދަވުމުގެ ސަބަބުން ބައެއް ރައްރަށަށް އެކިވަރުގެ ގެއްލުންތަށްވެސް ވަނީ ވެފައެވެ. އަދި ކަނޑުމަތީގެ ގިނަ ހާދިސާތަކެއްވެސް ވަނީ ހިނގާފައެވެ.
މޫސުން އަނެއްކާވެސް ގޯސްވެއްޖެ، ބައެއް އަތޮޅުތަކަށް ވައިޓް އެލާރޓް ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ