ފިތުރު ޒަކާތް ނުގެންދާ މީހުންގެ ފައިސާ ސަދަޤާތުގެ ގޮތުގައި ދޫކުރުމަށް ނިންމައިފި
ފިތުރު ޒަކާތް ހައްގުވާ މީހުންގެ ފައިސާ އެފަރާތްތަކުން ނުގެންދާނާމަ އެފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނި ސަދަގާތުގެ ގޮތުގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.ޗެނަލް13 އަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓްރީގެ ކޯޑިނޭޓަރ ހިޝާމް އަހުމަދު ވިދާޅުވީ ތިން ސަތޭކައެއްހާ މީހުން އަދިވެސް މާލޭ ސަރަހައްދުން މިއަހަރުގެ ފިތުރު ޒަކާތް ނުގެންދާ ކަމަށެވެ. އަދި މިފައިސާ ގެންދިއުމަށް އެފަރާތަށް އަންގާފައިވާކަމަށާއި ފައިސާ ނުގެންދާނަމަ، ސަދަގާތް ކުރުމަށް ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އީދު ބަންދު ނިމި ސަރުކާރު ހުޅުވުމުން ޒަކާތު ފައިސާ ނުގެންދާ ތިބި ފަރާތްތަކުގެ ފައިސާ ސަދަގާތުގެ ގޮތުގައި ބޭނުންޖެހިފައިވާ ފަރާތްތަކަށް ބެހުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި އަތޮޅުތެރޭގެ ރަށްތަކުގައިވެސް މި އުސޫލުން ކަންކަން ހިނގަމުންދާނެކަމަށް ހިޝާމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ