މެންބަރު އަބްދުﷲ އާއި އަމީތު ހައްޔަރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި، ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދު ހައްޔަރުކޮށްފި އެވެ.
ފުލުހުން މި ދެ ބޭފުޅުން ހައްޔަރުކުރީ ގުޅިފައިވާ ޕާޓީ ތަކަށް ކެމްޕޭން ކުރުމަށް ގދ. ގައްދޫގައި ހަރަކާތްތެރިވަމުން ދަނިކޮށެވެ.
ފުލުހުން ބުނީ އަބްދުﷲ އާއި އަމީތު ހައްޔަރުކުރީ ފުލުހުންގެ އޮޕަރޭޝަނަކަށް ހުރަސް އަޅަން މަސައްކަތްކުރި ކަމުގެ ތުހުމަތުގައި ކަމަށެވެ.
މިމައްސަލާގައި އިތުރު އެއްވެސް އެއްޗެއް ފުލުހުން ބުނެފައެއް ނުވެ އެވެ.
ވީނިއުސް އަށް މައުލޫމާތު ދިން ގައްދޫގެ ބަހެއް މީހުން ބުނީ މެންބަރު އަބްދުﷲ އާއި އަމީތު ހައްޔަރުކުރީ ގައްދޫގައި މިއަދު ދޮރުން ދޮރަށް ހިންގަވަމުން ގެންދަވަނިކޮށް ކަމަށެވެ. މި ދެ ބޭފުޅުން ފުލުހުންގެ މަސައްކަތަށް ހުރަސް އަޅައި ރަށުގައި ހަމަނުޖެހުން އުފައްދަން އެއްވެސް ކަމެއް ކުރައްވާފައި ނުވާ ކަމަށްވެސް މައުލޫމާތު ދިން މީހުން ވަނީ ބުނެފަ އެވެ.
މެންބަރު އަބްދުﷲ އާއި އަމީތު އިސްވެ ހުންނަވައިގެން ގައްދޫގައި ރޭ ވަނީ ގުޅިފައިވާ ޕާޓީ ތަކުގެ ޖަލްސާއެއް ވެސް ބާއްވާފަ އެވެ.
މެންބަރު އަބްދުﷲ އާއި އަމީތު މިއަދު ހައްޔަރުކޮށްފައިވަނީ މިވަނީ މިއަދު ހަވީރު ރައީސް އަބްދުﷲ ޔާމީން ގައްދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނިކޮށެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ