ހޯމް މިނިސްޓަރު އުމަރު، މާސްޓާސް ޑިގްރީ ހާސިލްކުރައްވައިފި

ހޯމް މިނިސްޓަރު އުމަރު ނަސީރު މާސްޓާސް ޑިގްރީ ހާސިލްކުރައްވައިފިއެވެ.
ހޯމް މިނިސްޓަރު މާސްޓާސް ޑިގްރީ ހާސިލްކުރެއްވީ އިނގިރޭސިވިލާތުގެ ޔޫކޭގެ ހަލް ޔުނިވާސިޓީން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިންނެވެ. އެ ޔުނިވާސިޓީގެ ގްރެޖުއޭޝަން ބޭއްވިއިރު، އެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އުމަރު ނަސީރު ވެސް ވަނީ ޓުވީޓާ މެދުވެރިކޮށް މިކަން ކަށަވަރުކޮށްދެއްވާފައެވެ. އަދި މާސްޓާސް ޑިގްރީ ފުރިހަމަކުރެއްވުމުގައި އެހީތެރިވި ހުރިހާ އެންމެންނަށް އުމަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ލަންޑަނުގައި ހުންނެވި އުމަރު ނަސީރު ރަސްމީ ދަތުރުފުޅެއްގައި އުމަރު މާދަމާ ޗައިނާ އަށް ވަޑައިގަންނަވާނެއެވެ. މިނިސްޓަރުގެ މި ދަތުރުފުޅުގައި އަތޮޅުތަކަށް ގެންނަ ރާވާ ޕޮލިސް ސްޓޭޝަންތައް ބައްލަވާލައްވައި، އެކަމާ ގުޅޭ މަޝްވަރާތައް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ހޯމް މިނިސްޓަރު އެނބުރި ރާއްޖެ ވަޑައިގަންނަވާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.
އުމަރު ރާއްޖެ އިން ބޭރުގައި އުޅުއްވާތީ ހޯމް މިނިސްޓްރީ ހިންގެވުން ވަގުތީ ގޮތުން ހަވާލުކުރައްވާފައި ވަނީ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ