ޑްރަގް ކޯޓުން އޮންލައިންކޮށް އަމުރުތައް ނެރެނީ

ޑްރަގް ކޯޓުން ނެރޭ އަމުރުތައް އޮންލައިންކޮށް ފަސޭހައިން ލިބޭނެ އިންތިޒާމް އެކޯޓުން ހަމަޖައްސައިފިއެވެ.
ޑްރަގް ކޯޓުން ބުނީ އަމުރުތައް އޮންލައިންކޮށް ލިބޭނެ އިންތިޒާމް ހަމަޖެއްސީ މިދުވަސްވަރު ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް19އާ ގުޅިގެން ޑްރަގް ކޯޓުގެ މުވައްޒަފުންނާއި ޑްރަގް ކޯޓުގެ އިހްތިސޯސްގައި ހިނގާ އެންމެހާ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި ކަމަށެވެ.
މޯލްޑިވިސް ކޮމްޕިއުޓާ ސޮސައިޓީ އެހީތެރިކަމާއެކު ޑްރަގް ކޯޓުގެ އިރުޝާދުގެ ދަށުން ފަރުމާކޮށްފައިވާ އެ ޕޯޓަލްގެ ހިދުމަތް ހޯދުމަށް ޑްރަގް ކޯޓުގެ އިހްތިސޯސް ހިނގާ އެންމެހާ ފަރާތްތަކުން ކޯޓުގެ ވެބްސައިޓްގެ ކޯޓުއަމުރު ޕޯޓަލްގައި ރަޖިސްޓްރީވާންޖެހެއެވެ. އަދި އެ ޕޯޓަލްގައި ރަޖިސްޓްރީވުމުން، އަމުރެއް ނެރޭ ވަގުތު އެ ފަރާތަކަށް އެސްއެމްއެސް މެދުވެރިކޮށް އެކަން އަންގާނެކަމަށްވެސް ޑްރަގް ކޯޓުން މައުލޫމާތުދެއެވެ.
އޮންލައިންކޮށް އަމުރުތައް ނެރުނަސް، ކޮންމެހެން ކޯޓަށް ހުށަހަޅަންޖެހޭ މައްސަލައެއް ނުވަތަ ހިދުމަތާއި ގުޅޭކަންކަން ކޯޓަށްހުށަހެޅުމުގެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށްވެސް ޑްރަގް ކޯޓުން މައުލޫމާތުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ