ކޮވިޑް-19: ޕޮޒިޓިވްވި މީހުން ފުރުވާލެވުމަކީ ލިބުނު ފިލާވަޅެއް: މައިމޫނާ

ކޮވިޑް-19 އަށް ޓެސްޓްކޮށްފައި ނަތީޖާ ނުލިބެނީސް އިޓަލީގެ ދެ ޓޫރިސްޓުން މިއަދު ފުރުވައިލުމަކީ ލިބުނު ފިލާވަޅެއް ކަމަށާއި އެއީ ބަދަލެއް ގެންނަންޏާ ގެންނަން ދަސްވި އާ ކަމެއް ކަމަށް ޑަައިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު މިރޭ ވިދާޅުވެއްޖެ އެވެ.
އައިލެންޑްސަފާރީގައި ތިބި ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެގެން ކަރަންޓީނު ކުރި އިޓަލީގެ ޓޫރިސްޓުންގެ ބަޔަކު މިއަދު ފުރުވާލި އިރު އޭގެ ތެރެއިން ދެމީހެއްގެ ސާމްޕަލް އޮތީ ނަގައިފަ އެެވެ. އެ ދެ މީހުން ބައްޔަށް ޕޮޒިޓިވްވިކަން އެނގުނު އިރު އެ މީހުން ތިބި މަތިން ދާބޯޓް ރަޝިޔާ އަށް ދަތުރުކުރަނީ އެވެ.
ނެޝަނަލް އިމާޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި މައިމޫނާ ވިދާޅުވީ މިއަދު ފުރައިގެން ދިޔަ ދެ ޓޫރިސްޓުންގެ ސާމްޕަލް ނެގީ ޓެސްޓްކުރުމުގެ އުސޫލަށް ބަދަލެއް ގެންނަން ޖެހޭތޯ ބަލަން ކަމަށާއި އެއީ ޕްރޮޓޮކޯލްގައި އޮތް ކަމެއް ނޫން ކަމަށެވެ. އެގޮތަށް ސާމްޕަލް ނެގީ ރާއްޖޭގައި ކޮވިޑް-19 ފެތުރުމުގެ ހާލަތު އޮތް ގޮތް ދެނެގަތުމަށާއި ޓްރެވެލް ހިސްޓްރީ ނެތް ދިވެހިންގެ ފަރާތުން ވެސް އެގޮތަށް ސާމްޕަލް ނަގާ ކަމަށް އޭނާ ވިދާޅުވި އެވެެ.
Covid-19: Positive vi Italy ge 2 meehun thibi boat Russia gai quarantine koffi
Mihaaru
އެ ދެ މީހުންގެ ސާމްޕަލް ނެގީ އުސޫލުގެ ތެރެއިން ކުރަން ޖެހޭ ކަމަކަށް ވާތީ ނޫންކަމަށް ވިޔަސް، ޓެސްޓްގެ ނަތީޖާ ނުލިބެނީސް ފުރުވައިލެވުން އެއީ ގޯސްކޮށްވީ ކަމެއް ކަމަށް ގަބޫލުކުރައްވަންތޯ "މިހާރު"ން ސުވާލު ކުރުމުން މައިނޫމާ ވިދާޅުވީ އެއީ ރަނގަޅަކަށްވީ ކަމެއް ކަަމަށެވެ.
"އެއީ ރަނގަޅަކަށްވީ ކަމެއް ކަމަށް އަޅުގަނޑުމެން ބަލައިގަންނަން. އެ ކަންތައްތައް އެގޮތަށް ކުރަން، ދެން ބަދަލެއް ގެންނަންޏާ ގެނައުމަށް ލިބުނު ވަރަށް ރަނގަޅު ލެސަން އެއް ކަމަށް ނޫނީ ލާނިންއެއް ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ،" އޭނާ ވިދާޅުވި އެވެ.
މައިމޫނާ ވިދާޅުވީ ކަރަންޓީނުގައި 14 ދުވަސް ހޭދަކޮށް ފުރި އިޓަލީގެ ދެ ޓޫރިސްޓުގެ ސާމްޕަލް ޕޮޒިޓިވްވުމާ ގުޅިގެން އެއާލައިނާއި އެ ބޯޓު ދަތުރުކުރަން ހަމަޖެހިފައިވާ ޑެސްޓިނޭޝަނަށް އެކަން އަންގާފައިވާ ކަމަށެވެ.
ރާއްޖެ އިން ފުރައިގެން ދިޔަ ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން އެނގުނު އިޓަލީގެ ދެ ޓޫރިސްޓުން ދަތުރުކުރި ރަޝިޔާގެ އެއަރޯފްލޮޓުގެ މަތިންދާ ބޯޓު މޮސްކޯގައި ކަރަންޓީންކޮށްފައިވާކަން "މިހާރު" އަށް އިތުބާރު ހުރި ގޮތަކަށް ވަނީ އެނގިފަ އެވެ.
އައިލެންޑް ސަފާރީއަކީ ރާއްޖެ އައިސް ފުވައްމުލަކުގައި ބަދަރުކޮށްފައިވަނިކޮށް އެ ސަފާރީން ބަޔަށް ޝައްކު ކުރެވި ޓެސްޓު ކުރުމަަށް ފަހު ޕޮޒިޓިވް ވުމުން މޮނިޓަރިންގެ ހާލަތަށް ގެނައި ސަފާރީއެކެވެ. އެ ސަފާރީ މާލެ ސަރަހައްދުން ވިލިވަރު ކައިރީ ބަނދަރު ކުރުމަށް ފަހު އޭގައި ތިބި 16 ދިވެހި މުވައްޒަފުންނާއި 16 ޓޫރިސްޓުން ކަރަންޓީނުކޮށްފައި ވަނީ ވިލިވަރު ކަރަންޓީން ފެސިލިޓީގަ އެވެ.
އައިލެންޑް ސަފާރީން އެންމެ ފުރަތަމަ މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އެކަކު މި މަހުގެ 20 ވަނަ ދުވަހު ވަނީ ދަރުމަވަންތަ ހޮސްޕިޓަލަށް އިތުރު ފަރުވާ އަށް ބަދަލުކޮށްފަ އެވެ.
އިޓަލީގެ ދެ ޓޫރިސްޓުން ޕޮޒިޓިވްވުމާ އެކު ރާއްޖޭން އެ ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 16 އަށްް އަރައިފަ އެވެ. އެކަމަކު އެ ދެ މީހުންނަކީ ރާއްޖޭގެ ކޭސްތަކެއްގެ ގޮތުގައި ބެލުމާ މެދު އަދި ގޮތެއް ނުނިމެ އެވެ. ރާއްޖޭން ބަލި ޖެހުނު މީހުންގެ ތެރެއިން ނުވަ މީހަކު މިހާރު ވަނީ ރަނގަޅުވެފަ އެވެ.
ދުނިޔޭގެ ކަންކޮޅުތަކުން އެ ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ 579,894 އެވެ. އޭގެ ތެރެއިން 26,518
ވަނީ މަރުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ