60 އަށް ވުރެ ގިނަ ސްޓޯލާއެކު ލިވިން އެކްސްޕޯ ފަށައިފި
60 އަށް ވުރެ ގިނަ ސްޓޯލާ އެކު، 13 ވަނަ "ލިވިން އެކްސްޕޯ" ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި މިއަދު ފަށައިފިއެވެ. ހައިރައިޒުން އިންތިޒާމްކޮށްގެން ބާއްވާ މި އެކްސްޕޯ ޝަރަފުވެރިކޮށްދެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު މި އަހަރުގެ ލިވިން އެކްސްޕޯ ހުޅުވައިދެއްވަނީ -- ސަން ފޮޓޯ: މޫސާ ނަދީމް މި އަހަރުގެ އެކްސްޕޯ އާ ބެހޭގޮތުން ހައިރައިޒުން ބުނީ، 30 އަށްވުރެ ގިނަ ބައިވެރިންނާއެކު ފެށި މި އެކްސްޕޯގައި 60 އަށްވުރެ ގިނަ ސްޓޯލްތައް ހިމެނޭ ކަމަށެވެ. އޭގެ ތެރޭގައި ބޭންކުތަކާއި ރިއަލް އެސްޓޭޓް ކުންފުނިތަކާއި ގެދޮރު އިމާރާތްކުރުމާއި ވިއްކުމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ކުންފުނިތައް ވެސް ހިމެނެއެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. ހައިދަރު އުރީދޫގެ ސްޓޯލް ބައްލަވާލައްވަނީ -- ސަން ފޮޓޯ: މޫސާ ނަދީމް މި އެކްސްޕޯގެ ތެރޭގައި، ސެކިއުރިޓީ ކެމެރާ އާއި ސްމާޓް ޑޯބެލް ހިމެނޭހެން އުރީދޫން މިދިޔަ އޭޕްރިލް މަހު ތައާރަފްކުރި ސްމާޓާ ހޯމް ސޮލިއުޝަން ދައްކާލާނެއެވެ. އޭގެ އިތުރުން މި އެކްސްޕޯގެ ކޯ-ސްޕޮންސާ މޯލްޑިވްސް އިސްލާމިކް ބޭންކާއި އެކްސްޕޯގެ ބޭންކިން ޕާޓްނަރު ބީއެމްއެލް އިސްލާމިކްގެ ސްޓޯލްގެ އިތުރުން، އެހެނިހެން ސްޓޯލްތައް ހުންނާނެ ކަމަށް ހައިރައިޒުން ބުންޏެވެ. ހަމަ އެއާއެކު، އެކްސްޕޯއަށް ޒިޔާރަތްކުރާ މީހުންނަށް އެކި ސްޓޯލްތަކުން ޑިސްކައުންޓާއި ޕްރޮމޯޝަން ލިބުމުގެ އިތުރުން، ސްޓޯލްތައް ހިންގާ ފަރާތްތަކުން ގިނަ މައުލޫމާތު ދެމުން ދާނެ ކަމަށް ވެސް ހައިރައިޒުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ