ލާމަރުކަޒީ ގާނޫނު ބަދަލުކޮށް ލޯކަލް ކައުންސިލުތަކުގެ ބާރު ހަނި ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލާ ދެކޮޅަށް 80 އަށް ވުރެ ގިނަ ކައުންސިލުންނާއި އެމްޑީޕީން ބަޔާން ނެރެ ފާޑު ކިޔައި، އެ ބިލް ތަސްދީގު ނުކުރަން ގޮވާލާފައި ވަނިކޮށް، ރައީސް މުހައްމަދު މުއިއްޒު އެ ބިލް ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ތަސްދީގު ކުރައްވައިފި އެވެ.
ގާނޫނަށް ގެނައި މި ބަދަލުތަކާއެކު ވިޔަފާރި ކުރުމަށާއި ތަންތަން ކުއްޔަށް ދިނުމަށާއި ތަރައްގީގެ ޕްރޮޖެކްޓު ހިންގުމަށާއި މުވައްޒަފުން ނެގުމަށް ކައުންސިލަށް ލިބިދީފައިވާ ހަނިވާނެ އެވެ.
ބިލާ ދެކޮޅަށް ކައުންސިލްތަކުން ނެރުނު ބަޔާންތަކުގައި ބުނެފައި ވަނީ މިއީ ހީލަތްތެރި ރޭވުމެއްގެ ތެރެއިން ލާމަރުކަޒީ ނިޒާމު ފުނޑާލާނެ ބަދަލެއް ކަމަށެވެ.
"މި އިސްލާހުތަކަކީ، ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ އަށް ވަނަ ބާބުގައި ބަޔާންކުރާ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމާގުޅޭ އުސޫލުތަކާއި މުޅި ޖުމްލަ ގޮތެއްގައި ދިވެހި އެންމެހައި ރައްޔިތުންގެ ދިމިގްރާތީ އުންމީދުތަކަށް ފާޅުގައި ގޮންޖަހައި، ނިޒާމީ ސިފައެއްގައި ރަށްރަށުގެ ރައްޔިތުންގެ ބާރު ކަނޑުވާލުމުގެ ގޮތުން ހީލަތްތެރި ސިފައެއްގައި އަޅަމުންގެންދާ ފިޔަވަޅުތަކުގެ ސިލްސިލާއަށް އިތުރުވެގެންދާ ބޮޅެއް،" އެ ބަޔާންތަކުގައި ބުނެފައިވެ އެވެ.
މި ބިލް މަޖިލީހުން ފާސްކޮށްފައި ވަނިކޮށް މި ހަފުތާގައި މުއިއްޒު ބ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުގައި ވެސް އެ ބިލް ތަސްދީގު ނުކުރެއްވުމަށް ބައެއް ކައުންސިލްތަކުން ރައީސް އަށް އިލްތިމާސް ދެންނެވި އެވެ. އެ މަނިކުފާނު ބޭއްވި ޖަލްސާތަކުގައި ވެސް ބިލާ ދެކޮޅަށް ކައުންސިލްތަކުގެ ރައީސުން ވާހަކަ ދެއްކެވި އެވެ.
ރައްޔިތުންގެ މި ހިޔާލަށް ބެލުމެއް، އިހުތިރާމެއް ކުރެއްވުމެއް ނެތި މުއިއްޒު ވިދާޅުވީ މި ބިލުގައިވާ އިސްލާހުތަކަކީ، ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް، ގެންނަންޖެހޭ އިސްލާހުތަކެއް ކަމަށާއި މިއީ އެ ނިޒާމު އިތުރަށް ތަރައްގީކުރުމަށްޓަކައި ގެންނައި ބަދަލުތަކެއް ކަމަށެވެ.
މިއީ ލާމަރުކަޒީ ގާނޫނަށް ގެނައި 16 ވަނަ އިސްލާހެވެ.
މި ބިލް ތަސްދީގުކުރައްވައިފި ނަމަ ކޯޓަށް ހުށަހަޅާނެ ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ.
ރައްޔިތުންގެ ބަހަށް އިހުތިރާމެއް ނުކޮށް، ކައުންސިލްތަކުގެ ބާރު ނެގުމުގެ ބިލް ތަސްދީގުކޮށްފި ރައްޔިތުންގެ ބަހަށް އިހުތިރާމެއް ނުކޮށް، ކައުންސިލްތަކުގެ ބާރު ނެގުމުގެ ބިލް ތަސްދީގުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ