މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލައި އިންސާފު ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަންގެ މެމްބަރު އާދަމް މުހައްމަދު އެ ކޮމިޝަނުން އިސްތިއުފާ ދެއްވައިފިއެވެ.
އާދަމް އިސްތިއުފާ ދެއްވުމާއެކު މިހާރު އެ ކޮމިޝަނުގެ މެމްބަރުކަމުގައި ތިއްބެވީ މިސްބާހް އައްބާސް އާއި ފަރީޝާ އަބްދުﷲގެ އިތުރުން އަހްމަދު ނާޝިދެވެ. އެ ކޮމިޝަނުގެ ރައީސް، ހުސްނުއް ސުއޫދު ވެސް ވަނީ މީގެ ކުރިން އިސްތިއުފާ ދެއްވާފައެވެ. އޭނާ އިސްތިއުފާ ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ވެވަޑައިގަތުމަށެވެ.
ކޮމިޝަނުގެ މެމްބަރު އާދަމް އިސްތިއުފާއަށް އެދިވަޑައިގެންފައިވަނީ މިމަހުގެ 8 ވަނަ ދުވަހުއެވެ. އަދި ކޮމިޝަނުގެ ރައީސްގެ މަގާމު ހުސްވެފައިވުމުން ކޮމިޝަނަށް ރައީސަކު ހަމަޖެއްސުމުގެ ކަންކަން ކުރިއަށް އެބަދާ ކަމަށް ރައީސްގެ ތަރުޖަމާން އިބްރާހިމް ހޫދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
އެކޮމިޝަނުން މިހާތަނަށް އާންމުކޮށްފައިވާ ރިޕޯޓުތަކަށް ބަލާއިރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމާއި ނޫސްވެރިޔާ އަހްމަދު ރިލްވާންގެ އިތުރުން ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައާއި ރައުދާ އާތިފްގެ މަރުގެ މައްސަލައިގެ ރިޕޯޓު ވަނީ އާންމުކޮށްފައެވެ. އަދި ޑރ. އަފްރާޝީމް އާއި ސްވެރިޔާ އަހްމަދު ރިލްވާންގެ އިތުރުން ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި މޭސްތިރިންގެ ގޮތުގައި ތުހުމަތު ކުރެވޭ ހަރުކަށި ފިކުރުގެ ޖަމާއަތެއްގައި އިސްކޮށް އުޅޭ ދެ މީހެއްގެ މައްޗަށް ދައުވާކުރަން ވަނީ ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ.
މަރު ކޮމިޝަނުގެ މެމްބަރު، އާދަމް އިސްތިއުފާ ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ