މިއަޒުމެއް ނުގުޑާނެ، މި ހިތްވަރެއް ނޭލޭނެ: ރައީސް މައުމޫނު

އިރާދަކުރެއްވިއްޔާ އަޒުމުފުޅު ނުގުޑާނެ ކަމަށާއި ހިތްވަރުފުޅުވެސް ނޭލޭނެކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫނު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބަށް ފަހު ޕީޕީއެމުން އެ ޕާޓީގެ ރައީސްގެ މަގާމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އިންތިހާބު ކުރި، ޕީޕީއެމްގެ ހާއްސަ ކޮންގްރެސް ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމި ނިންމަކީ ސައްހަ ނިންމުމެއް ނޫންކަމަށް މިއަދު ސުޕްރީމް ކޯޓުން ހުކުމް ކޮށްފައި ވަނިކޮށް ކުރެއްވި ޓްވިޓެއްގައެވެ.Iraadha kurevviyyaa mi azumeh nugudaane. Mi hiyvareh neyleyne.— Maumoon Abdul Gayoom (@maumoonagayoom) January 30, 2019އީސީގެ ނިންމުން ސައްހަ ނޫން ކަމަށް ހައިކޯޓުން ހުކުމް ކުރުމާ ގުޅިގެން އެ މައްސަލަ އީސީން ސުޕްރީމް ކޯޓުގައި އިސްތިމާސް ކުރުމުން މިއަދު ނެރުނު ހުކުމުގައި ވަނީ ހައިކޯޓުގެ ހުކުމަށް ތާއީދު ކޮށްފަ އެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބޭއްވި ޕީޕީއެމްގެ ޚާއްސަ ކޮންގްރެސް ބަލަނުގަތުމަށް އީސީން ނިންމީ އެއީ އެ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ބޭއްވި ކޮންގްރެސް އެއް ކަމަށް ބުނެ އެވެ. އަދި ކޮންގްރެސްގައި އެ ޕާޓީ މެމްބަރުން ނޫން މީހުން ބައިވެރިވެ ވޯޓްދިން ކަމަށް އިލެކްޝަނުން ބުނެ އެވެ.
އެ ކޮންގްރެސް ސައްހަ ކަމަށް އެންމެ މަތީ ކޯޓުން ހުކުމް ކުރި އިރު، ރައީސް މައުމޫން އަބްދުލްގައްޔޫމާ ޕީޕީއެމް ހަވާލުކުރުމަށް އެދި އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލައެއް ސުޕްރީމް ކޯޓުގައި އަދި އެބައޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ