ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްޠަފާ އެމްޑީޕީ އާއި ގުޅިއްޖެއެވެ.
މުސްޠަފާ އަލުން އެމްޑީޕީއަށް ސޮއި ކުރައްވާފައިވަނީ ރައީސް ނަޝީދު އާއި އެކު މިރޭ ހޮޓެލް މާގިރި ގައި ބޭއްވި ހަފްލާއެއްގައެވެ. ސޮއި ކުރުމަށްފަހު ނޫސްވެރިންނާއި މައުލޫމާތު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އަލުން މުސްޠަފާ އެމްޑީޕީ އާއި ގުޅުމަކީ އެޕާޓީއަށް ލިބިގެންދިޔަ އުފަލެއް ކަމަށެވެ.
މުސްޠަފާ ވިދާޅުވީ އޭނާ އަކީ އަބަދުވެސް އެމްޑީޕީ މެމްބަރެއް ކަމަށާއި، ފާއިތުވި ދުވަސްތަކުގައި އެކަން ފެނިގެން ގޮސްފައިވާ ކަމަށެވެ.
މުސްޠަފާ ވިދާޅުވީ އެމްޑީޕީ މެމްބަރުން ނުކުރާ މަސައްކަތް އޭނާ އެޕާޓީއަށް ކޮށްދެއްވާފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީ ޓިކެޓުގައި ގޮޑި ކާމިޔާބު ކުރެއްވި މުސްޠަފާ ވަނީ ފަހުން ޕީޕީއެމްއަށް ސޮއި ކުރައްވާފައެވެ.
މުސްޠަފާއަކީ މަޖްލިސްގެ ގޮޑި ގެއްލުނު ކަމަށް އިލެކްޝަން ކަމިޝަނުން ނިންމި 12 މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި މެމްބަރެކެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތް ކަމުގެ މައްސަލަ މަޖްލިސްއަށް ހުށަހެޅުމަށް ސޮއި ކުރެއްވުމާއި ގުލިގެން ޕީޕީއެމްއިން މުސްޠަފާ ވަކިކޮށް ގޮޑި ގެއްލުވާލިއެވެ. ދޮޅު އަހަރަށްފަހު ސުޕްރީމް ކޯޓުން ވަނީ މުސްޠަފާ އާއި އަނެއް 11 މެމްބަރުންގެ ގޮޑި ނުގެއްލޭ ކަމަށް ހުކުމްކޮށްފައެވެ.
މެމްބަރު މުސްޠަފާ އަލުން އެމްޑީޕީއަށް ސޮއިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ