ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފިއެވެ.
އަލީ ޝާހު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެން ޕާޓީއަށް ސޮއި ކުރައްވާފައިވަނީ، ޖޭޕީގެ މައި މަރުކަޒު ކުނޫޒްގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ.
މިރަސްމިއްޔާތުގައި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްއާއި، ޕާޓީގެ އިސްވެރިންނާއި، ޖޭޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުން ބައިވެރިވެވަޑައި ގެންނެވިއެވެ.
މެމްބަރ އަލީ ޝާހު މިރޭ ގުޅިވަޑައިގަތުމުން، ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ ޖުމްހޫރީ ޕާޓީގެ މެމްބަރުންގެ އަދަދު މިހާރުވަނީ 17 އަށް އަރާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރ މުހަންމަދު އަމީތާއި، ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރ އަބްދުﷲ އަހްމަދު ރޭގައި ޖޭޕީއާ ގުޅިވަޑައިގެންފައި ވާއިރު، ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެމްބަރު މުހަންމަދު ހުސައިންނާއި، މާވަށު ދާއިރާގެ މެމްބަރު އަހްމަދު އަޒްހާން ފަހުމީ އިއްޔެރޭވަނީ ޖޭޕީއާ ގުޅިވަޑައިގެންފައެވެ.
އިތުރު ތަފްސީލް އަންނަނީ ....
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ