ސްޕްރީމް ކޯޓުން މިއަދު އިއްވި ހުކުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ވަރަށް ބޮޑު އިބުރަތެއް ލިބިއްޖެ ކަމަށާއި ގައުމު ސަލާމަތް ކުރުމަށް ރައްޔިތުން ކުރި މަސައްކަތުގެ ނަތީޖާ ފެންނަން ފަށައިފި ކަމަށް ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން ވިދާޅުވެއްޖެއެވެ.
ސުޕްރީމް ކޯޓުގެ ހުކުމަށް ފަހު ނޫސްވެރިންނާއި ވާހަކަދައްކަވަމުން ސައުދު ވިދާޅުވީ ދައުލަތަށް ދިމާވި ކަންތައްތައް މިހާރު ނިމުމަކަށް އައިސްފައިވާ ކަމަށާއި މިކަން ނިމިގެންދިޔައީ ރިޔާސީ އިންތިހާބުގައި ރައްޔިތުންވި ބޮޑު ގުރުބާނީގެ ސަބަބުން ކަމަށެވެ.
" މިއަދު މި ނިންމުމަކީ ދިވެހި ރައްޔިތުންނަށް ވަރަށް ބޮޑު އިބުރަތެއް. ދައުލަތަށް މި ދިމާވި ކަންތައްތައް އިރާދަކުރެއްވިޔާ ނިމުމަކަށް އައީ. މި ނިންމުން ނިމިގެން މިދިޔައީ ދައުލަތް އަނިޔާވެރި ވެރިއެއް ކިބައިން ސަލާމަތް ކުރުމަށް ދިވެހި ރައްޔިތުން މިދިޔަ ރިޔާސީ އިންތިހާބުގައި ވި ބޮޑު ގުރުބާނީގެ ސަބަބުން" ސައުދު ވިދާޅުވިއެވެ.
ސައުދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް މި ދިމާވި ހާލަތު ދައުލަތުގެ އެހެން މުއައްސަސާއަކަށް ދިމާވެގެން ނުދިޔުމަށް އުއްމީދުކުރާ ކަމަށެވެ.
ސައުދުގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިއަދު ކުރި ޙުކުމުގައި ވަނީ 18 ޖުލައި 2018 ގައި ސައުދުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލް ކަމަށެވެ.
ސުޕްރީމް ކޯޓުން ވިދާޅުވީ ސައުދު މިދިޔަ އަހަރުގެ 17 އޭޕްރީލްގައި ޕީޕީއެމް އިން ވަކިކޮށްފައިވާ ކަމަށާއި ޕީޕީއެމްގެ އަސާސީ ޤަވައިދުގެ ދަށުން އެމައްސަލަ އިސްތިއުނާފް ކުރެވޭނީ ސައުދު އަށް ކަމަށެވެ. ޕީޕީއެމް އަށް އެމައްސަލަ އިސްތިއުނާފް ކޮށް އަލުން އޭނާ ޕާޓީ އިން ވަކިނުކުރާ ކަމަށް ނުނިންމޭނެ ކަމަށް ކޯޓުގެ ޙުކުގައި ވެއެވެ.
ގައުމު ސަލާމަތް ކުރުމަށް ރައްޔިތުން ކުރި މަސައްކަތުގެ ނަތީޖާ ފެނިއްޖެ - ސައުދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ